ރައީސް ޔާމީނަށް ބިރުދައްކައި އިންޒާރުދިން މައްސަލާގައި މީހެއްގެ ފޯނު އަތުލައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބިރުދައްކައި އިންޒާރުދީ ޓްވީޓެއް ކުރި މައްސަލާގައި މީހެއްގެ ފޯނު ފުލުހުން އަތުލައިފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލާފައިވަނީ ލ. ގަން، ތުނޑި، ހުދުވިލާގެ މުހައްމަދު އަދުހަމް، 32 ގެ ފޯނެވެ.

އިއްޔެ ފުލުހުން ވަނީ އޭނާ ދިރިއުޅު އެޕާޓްމެންޓްވެސް ބަލައި ފާސްކޮށްފަ އެވެ. ބަލާ ފާސްކުރި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީނަށް އިންޒާރުދީ ބިރުދައްކައި ޓްވީޓް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

އޭނާގެ ފޯނު ފުލުހުން ހިފަހައްޓާފައި ވަނީ 15 ދުވަހުގެ މުއްދަތަކަށެވެ.

comment ކޮމެންޓް