ސައުދީގެ އޮޑިޓަރުންނަށް ބޯނަހެއް ދޭން ރަސްގެފާނު ނިންމަވައިފި

ސަލްމާން ރަސްގެފާނު. ---

ސައުދީ އަރަބިއާގެ އޮޑިޓަރުންގެ މަސައްކަތް ފާހަގަކޮށް އެމީހުންނަށް ބޯނަހެއް ދިނުމަށް ސައުދީ ރަސްގެފާނު ސަލްމާނު ނިންމަވައިފިއެވެ.

އެގޮތުން ސައުދީގެ ޖެނެރަލް އޮޑިޓިން ބިއުރޯގައި މަސައްކަތްކުރާ 353 މުވައްޒަފަކަށް 2,666,550 ޑޮލަރު (10 މިލިއަން ސައުދީ ރިޔާލު) ދޭން ރަސްގެފާނު ވަނީ ނިންމަަވައިފައެވެ.

އޮޑިޓަރުންގެ މަސައްކަތުން ސައުދީގެ މާލިއްޔަތަށް 8.3 ބިލިއަން ލިބެންޖެހޭކަން ވަނީ ހާމަވެފައެވެ.

އޮޑިޓް ބިއުރޯގެ މުވައްޒަފުންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ބިއުރޯގެ ރައީސް ޑރ. ހުސާމް އަލް އަންގާރީ ވަނީ އޮޑިޓަރުންގެ މަސައްކަތް ފާހަގަކުރައްވައި، އަގުވަޒަން ކުރެއްވީތީ ރަސްގެފާނަށް ޝުކުރު އަދާކުރައްވައިފައެވެ. މިއާއެކު މުވައްޒަފުންގެ ނަޒާހަތްތެރިކަމާއި މަސައްކަތަށް ހުންނަ ޝައުުގު އިތުރުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސައުދީ ސަރުކާރުގެ މާލިއްޔަތަށް ލިބެންޖެހޭ ބޮޑު އަދަދެއްވާކަން އޮޑިޓަރުންގެ މަސައްކަތުން ހާމަވުމުން ދޭހަވަނީ އެގައުމުގެ އޮޑިޓު ބިއުރޯގެ މުވައްޒަފުންނަކީ ގައުމަށް ވަފާތެރިން ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއްކަން ކަމަށް ސައުދީ ނިއުސް އެޖެންސީ އިން ބުނެއެވެ.

comment ކޮމެންޓް