ނޯޓް9ގައި ހިމަނާ ޕެން އަކީ ބްލޫޓޫތް ޑިވައިސް އެއް؟

ސެމްސަންގް ގެލެކްސީ ނޯޓް9 ލޯންޗިން އިވެންޓު---

ސެމްސަންގުގެ އުފެއްދުންތަކުގެ ތެރެއިން ނޯޓު ސީރީޒގެ ފޯނުތަކަކީ އެއްވަނައެވެ. އެ ސީރީޒްގެ ފޯނުތަކަކީ އަބަދުވެސް ކޮންމެވެސް މޮޅު ކަމަކާ އެކީ އަންނަ ފޯނު ތަކެކެވެ.

އަންނަ މަހު ރިލީޒް ކުރާނެ ކަމަށް ބެލެވޭ ގެލެކްސީ ނޯޓް އެސް9ގައި ހިމަނާ ޕެން އަކީ ބްލޫޓޫތް ޑިވައިސް އެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ބްލޫޓޫތް ޕެންގައި ހިމަނާ ފިތަކީ މިއުޒިކް ޕްލޭކޮށް، ސްޓޮޕްކޮށް ހަދަން ބޭނުންކުރެވޭނެ އޮޕްޝަން އެއް ކަމަށްވެއެވެ. ޕެން ބޭއްވޭތަނެއް ނޭނގިގެން އުޅޭ މީހުންނަށްވެސް ޕެން ލޮކޭޓު ކުރަން މިހާރު ފަސޭހަވާނެއެވެ.

ގެލެކްސީ ޢާއިލާއަށް އާ މެންބަރަކު އިތުރުވާނެ ކަމަށް ބުނެ ފޮނުވި ދައުވަތުގައިވެސް ހިމަނާފައި އިންނަނީ އެސް9ގެ ޕެންގައި ހިމަނާ ބަޓަން ނޫނީ ފިތެވެ. މިއީ ސެމްސަންގުން ދިން "ހިންޓެއް " ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް