ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑު ހެކަތޯން ރާއްޖޭގައި ބާއްވަނީ

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހެކަތޯން "އޭންޖެލްހެކް" ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މިރޭ ބޭއްވި ހަފްލާއެއްގައި ހެކަތޯން ރާއްޖެ އަށް ތައާރަފް ކޮށްދެއްވީ ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން އަދި އެ ހެކަތޯން ރާއްޖެ އަށް ގެނައި ސަޕާކްހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިޝް އެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި މި ހެކަތޯން ބާއްވަން ނިންމާފައިވަނީ މި މަހުގެ 21-22 ގައެވެ.

އެންޖެލްހެކް އަކީ ދުނިޔޭގެ ފެންވަރުގައި ހެކަތޯންތައް ބާއްވާ އޯގަނައިޒޭޝަންއެކެވެ. 2011 ވަނަ އަހަރު ސެންފްރެންސިސްކޯގައި އުފަންވި މި ކުންފުނިން 150 ސިޓީގައި 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުންނާއި ޑިޒައިނަރުން އަދި ހެކަރުންނާއެކު ކޮންމެ އަހަރަކުވެސް ދަނީ ހެކަތޯންތައް ބާއްވަމުންނެވެ.

ހެކަތޯންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ވަނީ މިހާރު ހުޅުވާލައިފައެވެ. އެކަމަށް ޚާޢްސަ ވެބްސައިޓު މެދުވެރިކޮށް ހެކަތޯން އަށް ރެޖިސްޓާ ކުރެވޭނެއެވެ.

ރާއްޖެއަށް އެންޖެލްހެކް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސާ އަހުމަދު މައުމޫން ވިދާޅުވީ މި ހެކަތޯން އަކީ ރާއްޖޭގައި ތިބި ހުނަރުވެރިންނަށް އެމީހުންގެ ހުނަރު ބޭރު ދުނިޔެއަށް ދައްކާލަން ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި މިހަރަކާތުގައި ދިރާގުގެ ބައިވެރިވުން އޮތްކަމީ އުފާކުރާ ކަމެއް ކަމަށް މައުމޫނު ވިދާޅުވިއެވެ.

ސްޕާކިންހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިސް ވިދާޅުވީ ރާއްޖޭގައި ބާއްވާ ހެކަތޯންއިން އެއްވަނަ އަށް ހޮވޭ އުފެއްދުން ސެންފްރެންސިސްކޯގައި ބާއްވާ ގްލޯބަލް ޑިމޯޑޭގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިއީ ރާއްޖޭގައި ތިބި ހުނަރުވެރިންނަށް އެމީހުންގެ ހުނަރު ދައްކައިލަން ލިބޭ މުހިއްމު ޕްލެޓްފޯމެއް ކަމަށް ހާރިސް ވިދާޅުވިއެވެ.

comment ކޮމެންޓް