ޔުނިވާސިޓީތަކުން ލިބެން ހުރި ފުރުސަތުތައް ހޯދައިދިނުމަށް އޯޕަންޑޭއެއް އައްޑުއާއި މާލޭގައި!

ބްލެކް ފައުންޑޭޝަނުން ހިންގި މައުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން--ފޮޓޯ: ބްލެކް ފައުންޑޭޝަން

މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖޭގެ ދަރިވަރުންނަށް ހޯދައިދީ ޔުނިވަސިޓީތަކުން ލިބެން ހުރި ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މަތީތައުލީމުގެ އެކި ހިދުމަތްތައް ދޭ ޖަމްއިއްޔާއެއް ކަމަށްވާ ބްލެކް ފައުންޑޭޝަނުން އޯޕަންޑޭއެއް މާލެއާއި އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

ބެލެކް ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޖަމިއްޔާއިން ބާއްވާ އޯޕަން ޑޭ މާދަމާ ފަށާނެ ކަމަށެވެ.

އެ އޯޕަންޑޭ މާލޭގައި ބޭއްވުމަށް ހަަމަޖައްސާފައިވަނީ މާދަމާ އަދި އޭގެ އަނެއް ދުވަހު ބްލެކް އެކަޑަމީގައެވެ. އަދި އައްޑޫގައި ކުރިއަށް ގެންދަން ހަމަޖައްސައިފައިވަނީ މާދަމާ ނޫރާނީ ސްކޫލުގައެވެ.

އެ އޯޕަންޑޭގައި ފިލިޕިންސްގެ އެމިލިއޯ އެގްއިނާލްޑޯ ކޮލެޖާއި މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ބައިވެރިވާ ކަމަށްވެސް ބްލެކް ފައުންޑޭޝަނުން ބުންޏެވެ.

ބެލެކް ފައުންޑޭޝަންގެ ރައީސް އިސްމާއިލް ރިފާއު ވިދާޅުވީ، މެޑިސިން އަދި ޑެންޓިސްޓްރީ ކިޔަވަން ޝައުގުވެރިވާ ކުދިންނަށް މައުލޫމާތު ދިނުމުގެ އިތުރުން އެ ދެ ޔުނިވާސިޓީގެ އޯގަސްޓް އިންޓޭކަށް އެޕްލައި ކުރުމުގެ ފުރުސަތުވެސް އެ އޯޕަންޑޭގައި ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މެލޭޝިއާގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކުދިންނަށް، ތަފާތު ދާއިރާތަކުން އެކުދިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ޕްލޭސްމެންޓަށް އެދުމުގެ ފުރުސަތުވެސް އޯޕަންޑޭގައި އޮންނާނެ ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ އެ އޯޕަންޑޭގައި އެ ކޮލެޖްތަކަށް އެޕްލައި ކުރަން ބޭނުންވާ ކުދިންގެ ސެޓްފިކެޓްތައް ރިވިއުކޮށް، ބަލައިގަންނާނެ ކަމަށެވެ.

އޯޕަންޑޭ ބާއްވާ ގަޑިތައް

  • އައްޑޫ ސިޓީ - ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް
  • މާލެ - ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް
comment ކޮމެންޓް