ތަފާތު ލޯތްބެއް - 17

"ޓްރަސްޓްމީ. އައި ވޯންޓް ޑޫ އެނީތިން. ކެޓް ބުނަމެއްނު ހަޒްބެންޑަށް އެކަނިއޭ އިސްތަށިގަނޑުވެސް ފެންނާނީ. އެހެންވެ އަހަންނަށް ރެސްޕެކްޓްކުރެވޭ. އަހަރެން ތި ކުއްޖާ ކުރަހާލަން ބޭނުންވިޔަސް މެރީކުރަން ދޯ ޖެހޭނީ. އެހެންވީމަ އެހެން ހިތަށް އަރަނީ. ބައްޕަކައިރިއަށް ވަލީ ހޯދަން ފޮނުވަންކަމަށް މިހިރީ. ބޭނުންވިޔަސް ކުރަހަން ވިޔަސް އަތްލަން ވިޔަސް ދީނީ ކުއްޖަކާއި މިނޫން ގޮތަކަށް ކައިރިއެއް ނުވެވޭނެ. އެހެންވެ ކޮންސެންޓް ނުލިބިގެން ދުރުން މިއުޅެނީ. ބައްޕަ ވަލީދިނީމަ............މްމމްމް........." ނާޔަލް އެއް ލޯ މަރައިލިއެވެ.

"ޕްރިންސެސް ކަޅި ނާޅާ އަރާބަލަ. ދުއްވާލާފައި އަންނާނީ އައި ޕްރޮމިސް އައި ވިލް ނޮޓް ޓަޗް ޔޫ. ކޮންސެންޓް ހޯދައިގެން ކުރަހާނީވެސް......." ނާޔަލް ކެމީލާގެ އަތުގައި ހިފަން އުޅުމުން އަތްނުލާށޭ ބުނާފަދަ ގޮތަކަށް އަތް އުފުލާލާފައި ކާރަށް އެރިއެވެ. ކުރީ ދުވަހާއި ތަފާތުކޮށް ދުއްވީ މަޑުންނެވެ. ހިމޭނުން ތިބެއެވެ. ސިޓީތެރެއަށް އަރާފައި ބުކްސްޓޯރެއް ފެނުމުން އެތަނަށް ވަންނާންވެގެން މަޑުކުރަން އެދުނެވެ.

"ހަމަ ސަލާމަތްވާންވެގެން ދޯ. އެނީވޭސް މަޑުކޮށްލަދީފާނަން. އަވަހަށް އަންނައްޗޭ....." ނާޔަލް ބުނެލިއެވެ.

ކެމީލާ ހަމަޖެހިލާފައި ކާރުން ފައިބައިގެން ބުކްސްޓޯރާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ބިޔަކޮށް ތިބި ދެތިން މީހުން ފެނިފަ ހާސްވެގެން ހުއްޓުނެވެ. އެނބުރި ބަލައިލެވުނީ ނާޔަލްއާއި ދިމާލަށެވެ. އޭރު ނާޔަލްވެސް އިނީ ބަލާށެވެ. ކެމީލާގެ ދެލޮލުން އެހީތެރިކަމަށް އެދިއެދިހުރިކަން ފާހަގަވުމާއިއެކު ކާރުން ފައިބައިގެން އޭނަވެސް ކެމީލާއާއިއެކު ފޮތްފިހާރައަށް ވަނެވެ. ނާޔަލް ފޫހިވެގެންގޮސް ހަލާކުވިއެވެ. ކަތުރުފަންޏެކޭ ކެމީލާ ތަފާތެއްނެތެވެ. އެހެންވެ އެކިފޮތްތައް ދައްކާފައި މިއީ އަހަރެމެންދެ މީހުންގެ ވާހަކައޭ ބުނަންފެށިއެވެ. "އިޓް އެންޑްސް ވިދް އަސް " އޭ ކިޔާފޮތެއް ދައްކާފައި ނާޔަލް ހީލިއެވެ.

"ދެޓްސް ނެވާ ހެޕެނިން.." ކެމީލާ ބުނެލިއެވެ.

"އަހަރެން މި ދެއްކީ ކެޓް ކައިރިން ޖަވާބެއް ހޯދާކަށް ނޫން. މިއީ ހަގީގަތަކީ.." ނާޔަލްގެ ހުރީ ޔަގީންކަމެކެވެ. އެކި ފޮތްތަކުގެ ކަވަރު ބަލަބަލާފައި އެންމެފަހުން ނިކޮލަސް ސްޕާކްސްގެ ފޮތެއް ނެގިއެވެ. ވާހަކައިގެ ނަމަށް ބަލާފައި ނާޔަލް ހީލަމުން އެއް ބުމަ އަރުވައިލިއެވެ. މިވާހަކަ އޭނައަށް ކިޔާލަދޭންވާނެއޭ ބުނުމުން ކެމީލާ ވަކި އެއްޗެކޭ ނުބުނެ ހީލީއެވެ. ނާޔަލް ކިތަންމެ ވަރަކަށް އޭނަގެ ފަހަތުން އުޅުނަސް އޭނަގެ ހިތަކުން ޖާގައެއް ނުލިބޭނެއެވެ. ކިރިޔާވެސް އިހުތިރާމެއްކުރެވެނީ ނޯޔާގެ ބޭބެއަށް ވިކަމަށްޓަކައެވެ. ކުޑަ ކުޑަ އިތުބާރެއް ކުރެވެނީ ނާޔަލްގެ ވާހަކަތަކުންނެވެ. އެދުވަހު ކާރުގައި އަންނަމުން ނާޔަލް އަނެއްކާވެސް އޭނައާއި އިންނަން އެހިއެވެ. ކެމީލާއާއިއެކު ދިރިއުޅުމެއް ފަށަން ބޭނުންވާ ވާހަކަ ބުނުމުން ކެމީލާ ދެކޮޅުހެދިއެވެ. އޭނަ ލޯބިވާ ލޯބިވެރިޔާއާއި ކައިވެނިކުރަން އުޅޭކަމުގައި ޖެހިލުމެއްނެތި ބުނެލުމުން ނާޔަލް އިނީ ހިމޭންވެފައެވެ.

ކައިޒާންގެ ހާސްކަން އިތުރުވީ އޭނަގެ ބައްޕަ ވިޔަފާރިއާއި ބައިވެރިކުރަން ބާރު އަޅާވަރުންނެވެ. ބައްޕަމެން ނިއުޔޯކްސިޓީގައި ދިރިއުޅޭ އެޕާޓްމެންޓަށް ގެންގޮސް ވާހަކަދެއްކިއެވެ. ކައިޒާންއަކަށް ބައްޕަގެ ވާހަކަތާއި ދެކޮޅުހަދާކަށް ނުކެރުނެވެ. އެ ކުންފުނީގެ އިސް މަގާމެއް ދީ ބޮޑު ޕްރޮޖެކްޓެއް ހަވާލުކުރުމުން އެ ޒިންމާއިން ރެކޭނެ އެއްވެސް މަގެއް ނުފެނުނެވެ. ސިކުނޑި ފަޅައިގެންދާވަރުވިއެވެ. އޭނަވަނީ އާއިލާގެ އެންމެނަށް އޭނަގެ ނަފްސާނީ ބައްޔެއް ހުރިކަން ސިއްރުކޮށްފައެވެ. މައިންބަފައިންނާއި އާއިލާގެ އެހެން ފަރާތްތަކަށްވެސް އެކަން ސިއްރުކުރިއެވެ. ނަމަވެސް ވިޔަފާރީގައި ބައިވެރިވެގެން އޮފީހަށް ދާން ފަށާ ތަނުން "ޖޯން" ވުޖޫދަށް އައުމުން ވެދާނެގޮތް ހިތަށް އަރުވާލިޔަސް މާޔޫސްވެދެއެވެ. ފުރަތަމަ ދުވަހު އޮފީހަށްގޮސް އުޅެން ޖެހުނީ ބަސްއަހައިގެންނެވެ. ލަދުރަކި މަޑުމައިތިރި ހިތްހެޔޮ ކައިޒާން އެންމެނާއި ގުޅޭގޮތެއް ހުއްޓެވެ. އެންމެން ރުއްސަން ބޭނުންވާފަދައެވެ. ބައްޕައާއި މަންމަ އަދި އާއިލާގެ އެންމެނަށްޓަކާ އޭނައަކީ ހަމަ އެންމެ ބަސްއަހާ ރަންދަރިފުޅެވެ. އެމީހުން ހޮވާ ބައިވެރިޔަކާއި އިންނަންވެސް ކައިޒާން ހުރީ ތައްޔާރަށެވެ. ނަމަވެސް ކެމީލާއައުމަށްފަހު އޭނަގެ ހިތްވަރު ގަދަވެ ކެމިލާއަށްޓަކާ އެހެންމީހުންނާއި ދެކޮޅުވާންވެސް ޖެހިލުންނުވާ ހިސާބަށް ހިނގައްޖެއެވެ.

ނޮވެމްބަރު އެއްވަނަ ދުވަސް ފެށުނީ ނާޔަލްއާއިއެކުގައެވެ. އެއީ ކެމީލާއަށް ދުވަސް ރަގަޅަށް ފެށުނުކަމަކަށް ނުވިއެވެ. ނަމަވެސް އެދުވަހުގެ ބާކީ އޮތް ބައި ކެމީލާ ހޭދަކުރީ ކައިޒާންއާއިއެކު ނިއުޔޯކްސިޓީގެ ތަންތަން ބަލައިލުމަށެވެ. ސަބަބަކަށްވީ ޖޫލްގެ މަންމަ ލީސާ ދަރިފުޅު އެއްދުވަހަށް އޭނަ ކައިރިއަށް ގެންދަން ބޭނުންވުމެވެ. މުޅި ދުވަސް ކައިޒާންއާއިއެކު ހޭދަކުރަން ލިބުނީއެވެ. އެމްޕަޔާ ބިލްޑިންއާއި ހަމައިން ސެންޓްރަލްޕާކާއި ހަމަޔަށް ހިނގާފައި ދިޔައެވެ. ފަނަރަވަރަކަށް މިނިޓްގެ ހިނގާލުމެކެވެ. ނަމަވެސް އެންމެ ހިތްއެދޭ ބައިވެރިޔާއާއިއެކު އެގޮތަށް ހިނގާލެވުމުން ކެމީލާގެ ހިތަށް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. ދެމީހުން ސެންޓްރަލްޕާކްގައި ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. މެންހޭޓްންއާއި ބްރޫކްލީން ގުޅުވައިދޭ ބްރޫކްލިން ބްރިޖާއި ކައިރިވީއިރު އިރުއޮއްސޭކަށް މާ ގިނަ އިރެއްނެތެވެ. އެބްރިޖަށް އަރަންޖެހުނީ ސިޑިބަރިއަކުންނެވެ. ދެފަރާތުގައި ހިފަހައްޓަން ދަގަނޑު ހިމަ ރެއިލިންއެކެވެ. އެސިޑިން އެރިއިރު ކައިޒާން ކެމީލާގެ އަތުގައި ހިފެހެއްޓިއެވެ. އަތް ދަމައިގަންނާކަށް ނުކެރުނެވެ. އެބްރިޖްގައި ހިނގާލަންގޮސް ކެމީލާ ވަރުބަލިވާހެން ހީވުމުން ބެންޗުގައި ޖައްސާލާފައި ވާހަކަދައްކަން ތިއްބެވެ. އެއް ދިމާލުގައި ލޯބިވެރިން އެމީހުންގެ ނަން ޖަހާ ތަޅުތައް ހަރުކޮށްލާފައި ހުރިތަންވެސް ފެނުނެވެ. ހިނގާލަން އަދި ބައިސްކަލް ދުއްވަން ލޭންތަކެއް ވާއިރު ކާރު ދުއްވަން ހަ ލޭން އޮތް ފުޅާ އަދި އެހާމެ މުއްސަދިކޮށް މޮޅަށް ފަރުމާކޮށްފައިވާ ބްރިޖެކެވެ. އެތާ ތިބޭއިރު އުސް އިމާރާތްތަކާއި ފަސް ބްރިޖުގެ އިތުރުން ސްޓެޗޫ އޮފް ލިބާޓީއާއި ކޯރު ފެންނާން އޮތުމުން ހިތްގައިމެވެ. ސްޓެޗޫ އޮފް ލިބާޓީ ބެހެއްޓިފައިވަނީ ކުރިމަތިން ފެންނަން އޮތް ލިބާޓީ އައިލެންޑްގައެވެ. މާލެއިން ހުޅުމާލެއަށް ދަތުކުރުންފަދައެވެ. ދޭތެރޭގައި ފެރީގެ ޚިދުމަތް އޮވެއެވެ.

"ހާދަ ރީއްޗޭ....." އިރުއޮއްސެމުން ދިޔަ މަންޒަރަށް ގެއްލިފައި ހުރެ ކެމީލާ ބުނެލިއެވެ.

"އެހާ ރޮމެންޓިކް ދޯ...." ކައިޒާން ކެމިލާގެ އަތްމަތީގައި މަޑުމަޑުން އަތްތިލަ ބޭއްވިއެވެ. ކެމިލާއަށް އެކަމުން އުފަލެއް ލިބުނަސް ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. އެންމެ ލޯބިވާ އިންސާނާއާއި އެކުގައިވެސް ހަލާލުނޫންކަމެއް ކުރަން ހުއްދަދޭކަށް ނުވާނެއެވެ. އެހެންނޫނަސް ކައިޒާންއާއިއެކު މިހާ ގިނަ ވަގުތު ހޭދަކުރާއިރު ދެމީހުން ގެ ދޭތެރޭ އޮތް ގުޅުން މިއަށްވުރެ ގާތްކުރުން ނޫންގޮތެއް ނެތެވެ. އެއްކޮޅުން ނާޔަލްއެވެ. އަނެއްކޮޅުން ޖޯންއެވެ. ކައިޒާންގެ ހަޔާތުގެ ބައިވެރިޔަކަށް ވެގެން ނޫނީ އޭނަގެ ހިތަށް ހަމަޖެހުމެއް ދެނެއް ނުލިބޭނެއެވެ. އަންހެންކުއްޖަކަށްވެ ހުރެ އިސްނަގާކަށް ނުވެސް ކެރޭނެއެވެ. ރީތިކަމެއް ނޫނެވެ. ނަމަވެސް މިރޭ އޭނަ ކެރިގެން އެވާހަކަ ނުބުނަންޏާ ފުރުސަތު ގެއްލިދާނެއެވެ.

"އިޓްސް ސަޗް އަ ގްރޭޓް ޑޭ. ދުވަހަކު މިހާ ބޮޑު އުފަލެއް ނުލިބޭ....." ކެމީލާއަށް ހުރެވުނީ ކައިޒާން އެ އިނގިލިތަކާއި ކުޅެން ދޫކޮށްލައިގެންނެވެ. ކައިޒާން ވަކި ޖަވާބެއް ނުދިނަސް ހިމޭންކަމާއިއެކު ބަލަހައްޓައިގެން ހުރިގޮތް ޖަވާބަކަށް ފުދުނެވެ. ކައިޒާންގެ އިހުސާސްތައް ދުލުން ބަޔާންކޮށްނުދިނަސް އޭނަގެ ދެލޯ ހެކިދެނީ ކެމިލާއަށް އެދޭވަރެވެ. ދެމީހުންގެ ނަންވެސް ހާދަ ގުޅެއޭ އެވަގުތު ކެމީލާގެ ހިތަށް އެރިއެވެ. މިވަގުތުކޮޅު ކެމީލާއަށް ޔަގީންވެއްޖެއެވެ. ކައިޒާންއަކީ އޭނަގެ ލޯތްބެވެ. ހިތް އެދޭ ހަމައެކަނި ފަރާތެވެ. އޭނަގެ ހިތުގެ ވެރިޔާއެވެ. އޭނަގެ ފުރާނައެވެ. ހުރިހާ އުފަލެއްވެސް މެއެވެ. ހަޔާތުގެ ބައިވެރިޔާއެވެ. ދައްކާނެ ވާހަކައެއް ނޭގިފައި ނޫނީ ދައްކަން ބޭނުންނުވެފައި ދެމީހުން ދެމީހުންނަށް ބަލަން ތިބެ ހިމޭންކަމުގެ ބަސްމޮށުމުން ވާހަކަދެއްކިއެވެ.

"ކައި. މިއަދު ގިނަވަގުތު ހޭދަކުރެވުނީ އެކީ. އެނގޭ މިއީ ހުއްދަކަމެއް ނޫންކަން. އެހެންވެ ހިތަށް އަރަނީ މިކަން ހަލާލުގޮތަކަށް ކުރެވޭނީ ކިހިނެއްބާވައޭ. އައި މީން ކާންޓް ވީ މެރީ ދެން ގެޓް ޓު ނޯ އީޗް އަދާ. އެހެން ކަމެއް ނުކުރިޔަސް ހަމަ މިގޮތަށް އެކީ ހިނގާލަން އައިސް ސަންސެޓް ބަލާލާ ދުއްވާލަން ގޮސް. އޭރުން ފާފަ ކުރެވެނީއޭ ހިތަކަށް ނާރާނެ. އައިމް ޓްރައިން ހާޑް ދީނަށް އުޅެން އެކަމަކު ކޮންމެ އިންސާނަކަށްވެސް ގޯސްހެދޭނެ. ކުދި ފާފަތަށް ކުރެވޭނެ. އެކަމަކު އެކަހަލަ ކަމެއް ކުރެވިއްޖެއްޔާ އެކަމަކުން ތައުބާވެ ނުކުރަން އަޒުމް ކަނޑައަޅާނީ. ކައި އާއި ދިމާވިފަހުން މިގޮތަށް ގޯހެއް ހެދޭކަމަށް ގަބޫލުކުރެވޭ. ފިރިހެންކުދިންނާއިއެކު ޑޭޓްކުރާކަށް ދީން ހުއްދައެއް ނުކުރޭ......އެހެންވެ ބޭނުން އެކަމުން ތައުބާވެ ރަގަޅަށް އުޅެން. މެރީ މީ ޕްލީޒް...އޭރުން..............." ކެމީލާގެ ހިތް މޭ ފަޅާފައި ނުކުމެދާނެހެން ހީވިއެވެ.

"އޯ މައި ގޯޑް........ހެހެ އަހަންނަށް ތި ޕްރޮޕޯސްކުރީ. އައި ކާންޓް ބިލީވް ދިސް.... " ކައިޒާން އޭނައާއި ދިމާލަށް ކެމިލާ އަނބުރުވައިލިއެވެ. އޮޅިގެންވެސް ނިތްކުރީގައި ބޮސްދެވުނީ ހިތަށް ލިބުނު އުފަލަކުންނެވެ.

"އަ....އަ....އެކަމަކު އިފް ޔޫ ވޯންޓް. މިބުނީ މެރީކޮށްގެންވިޔަސް ލައިކް ފްރެންޑްސްހެން އުޅޭނީ..ދެން.....އައި މީން މިގޮތަށް ހިނގާލަން......އޭރުން ހަރާމް ކަމެއް ނުކުރެވޭނެއްނު...." ކެމިލާ ލަދުންގޮސް މޫނު ކްރިމްސަން ކުލަވެރިވިއެވެ. އެފަނޑު އަލީގެތެރެއިންވެސް ކެމީލާ ލަދުގަތްވަރު އެނގި ކައިޒާންއަށް މަޖާވެސްވިއެވެ. އޭނަ ކެމިލާއާއި ކައިވެނިކުރަން ބޭނުންވިޔަސް އެކަމަށް އެދެން ނުކެރިފައި ހުރީއެވެ. ފިރިހެނަކަށްވެސް ނުވި ނޫންހެއްޔެވެ. ނަމަވެސް ހިތަށް އުފަލެއް ލިބުނެވެ. ބުނަން ނޭގޭފަދަ އުފަލެކެވެ.

"އަހަންނަށް އެނގިއްޖެ ކެމީލާ ތިބުނި އެއްޗެއް. މިހެން އަތުގައި ހިފާލައިގެން ހިނގާލުންވެސް ހުއްދަކަމެއް ނޫނޭ ދޯ ތިބުނަނީ؟ " ކައިޒާން އަޖައިބުވިއެވެ.

"އޮފްކޯޒް ކައި. އަތްލުން ހުއްދަވާނެ އެއްވެސް ގޮތެއްނެތް. އެހެންވެ ބޭނުމީ މެރީކޮށްގެން ދެމީހުން އެކަކު އަނެކަކަށް ދަސްކުރުން........."

"ހޫމް. ތިއީ ހަމަ ރަގަޅު ޚިޔާލެއް. ތިކަހަލަ ތަފާތު އަންހެންކުއްޖެއް ދަސްކުރާނެ ފުރުސަތު ލިބިއްޖެ. އިތުރަށް ދަސްކުރާނެ ކަމެއް އޮތްހެނެއް ހިޔެއްނުވޭ. ވަރަށް ސްވީޓް ކެއަރިން ކުއްޖެއް ހަމަ. ބޭނުން ވީހާވެސް އަވަހަށް މެރީކުރަން. އެއަށްވުރެ މިހިތް އެދޭ އެއްވެސް ކަމެއްނެތް. އެތައް ދުވަހެއްފަހުން އުފަލަކީ ކޮބާކަން އެނގިއްޖެ. ލޯތްބަކީ ކޯންޗެއްކަން ދަސްވީ އަދި ކިރިޔާ. ތެންކިއު ލަވް........" ކައިޒާން ކެމިލާގެ ފިނިފިނި ގަނޑުފެންކޮޅެއްފަދަ އަތްތިލަ އުފުލާލާފައި އިނގިލިތަކުގެ ކުރީގައި ތުންފަތް ޖައްސާލައިފިއެވެ.

"ކައިގެ ފެމިލީ މީހުން ގަބޫލުނުވެއްޖެއްޔާ...."

"މަންމައާއި ބައްޕަ ހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެންގެ އުފަލަށް އިސްކަންދޭނެ. އެކަމާ ނުވިސްނާ. ފެމިލީ ރުއްސާނެގޮތް އަހަންނަށް އެނގޭ. އަހަންނަށް އެނގޭހާ އެއްޗަކީ މިހިތުގައި ކެމީލައަށްޓަކާ ލޯބި އުފެދިއްޖެކަން. ކުރިން ދުވަހަކު ނުކުރެވޭފަދަ އިހުސާސްތަކެއް ކުރެވޭކަން. ކެމީލާ ލޮލުކުރިމަތިން އެންމެ މިނިޓަކަށް ގެއްލެންވެސް މި ހިތް ނޭދޭކަން. އައި ލަވް ޔޫ......ލަވް ޔޫ ސޯ މަޗް............." ކައިޒާން ހިނިތުންވެލިއެވެ. އަނދިރިކަން ވެރިވާން ފެށިޔަސް ބްރިޖްމަތީގައި ހަރުކޮށްފައިވާ ބައްތިތަކުގެ އަލިން ކެމީލާގެ މޫނު ފެންނަލެއް ވަރަށް ހިތްގައިމެވެ.

އޭނަވަނީ ޖޫލްގެ ސިއްރު ކެމީލާއާއި ހިއްސާކޮށްފައެވެ. އެންމެ ރެއެއްގެ ކުށަކުން ދުނިޔެއަށް އައި ކުއްޖެއްކަމާއި ލީސާއާއި އެނޫން ގުޅުމެއް ނެތްކަމަށް ބުނެފައެވެ. އާއިލާގެ އެހެން މީހުންނަށް ޖޫލް އެނގެނީ އެޑޮޕްޓްކޮށްފައިވާ ކުއްޖެއްގެ ގޮތުގައެވެ. ކައިޒާން ކަންބޮޑުވީ އެންމެ ސަބަބަކާއިހެދިއެވެ. މަންމަ ގަބޫލުނުވާ ކުއްޖަކާއި ކައިވެނިކުރުމުގެ ހިތްވަރު އޭނައަށް ލިބޭނެހެއްޔެވެ. ކެމީލާފަދަ އަންހެންކުދިންނާއިމެދު އޭނަގެ މަންމަ ދެކެނީ ތަފާތު ނަޒަރަކުންނެވެ. މަންމަމެންގެ ދިރިއުޅުމާއި ކެމިލާ ހާސްބައި ތަފާތެވެ. ނަމަވެސް އޭނަ މިހިރީ ލޯބި ހާސިލުކުރަން ކޮންމެފަދަ ހަގުރާމައެއް ކުރަން ތައްޔާރަށެވެ. ރަސްމީގޮތުން ކެމީލާ އޭނަ އިންނަން އުޅޭ އަންހެންކުއްޖާއަށް ވީއެވެ. ކެމީލާއަށް ކައިޒާންގެ އާއިލާ މުއްސަދިކަން އެނގެއެވެ. ނަމަވެސް އޭނަ ކައިޒާންއާއި ގުޅެން ބޭނުންވީ އެއްގޮތަކަށްވެސް އެ މުއްސަދިކަމުގެ އެދުމުގައެއްނޫނެވެ. ހާލަތު މަޖުބޫރުކުރާވަރުންނެވެ. އެހެން ފިރިހެނުންގެ ފަރާތުން ސަލާމަތްވުމަށެވެ. އޭނައަށް އެދޭ އެހެން ފިރިހެނުންވެސް ކައިޒާންއާއި ބަލާއިރު މުއްސަދިކަމުގައި އެއްވަރެއް ނޫންހެއްޔެވެ.

ދެމީހުން އެކީ ގެއަށް ވަނީ އަތުގުޅުވާލައިގެންނެވެ. އެމަންޒަރުދެކެން އެއްފަރާތުގައި ހުރި ނާޔަލްގެ މޭގައި ބާރުގަދަ އެތިފަހަރެއްޖެހުމުން ވާފަދަ ގޮތެއްވެ ދަތްކުނޑި ވިކައިގަނެވުނެވެ. ކެމީލާ ހާދަ ގޮތްކުޑައެވެ. އޭނަ އެހާވަރުން ލޯބި ހުށަހަޅާ އަދި ކައިޒާންއަކީ ކޮއްކޮއެއްކަން އަންގާފައިވަނިކޮށް ކައިޒާން އަތު އަޅުވާލައިފިއެވެ. މާތް ހެދުމުގައި މާތްކޮށް ފެންނަ އަންހެންކުއްޖާއަށް ކައިޒާން އެ އަތުގައި ހިފުން "ހުއްދަ" އެވެ. ނާޔަލްގެ ދެލޮލުން ފިއްސައިލެވޭނެނަމަ ކެމީލާ އަންދާ އަޅިއަށް ހަދާލީއެވެ. ރުޅިގަދަވެ ކެތްނުކުރެވޭވަރު ވީނަމަވެސް އޭނަ ނަފުސް ކޮންޓްރޯލްކުރިއެވެ. ދެމީހުން ގެއަށް ވަންނާނެހާ އިރުކޮށްފައި އޭނަ އެތެރެއަށްވަން އިރު އަދި ފެނުނީ ކައިޒާންއާއި ކެމީލާ އެކީގޮސް ކޮފީ ތައްޔާރުކުރަން އުޅޭ މަންޒަރެވެ.

"ކެން އައި ޖޮއިން؟ " ނާޔަލް އަހައިލިއެވެ.

"ޔެސް......" ކައިޒާން ހިނިތުންވެލިއެވެ. އޭނަގެ ޑޮކްޓަރަކަށް ނާޔަލް ވި ފަހުން އެކީ އުޅެމުންގޮސް ދެމީހުންގެ ދޭތެރޭވާ ގުޅުން ބޭބެ ކޮއްކޮގެ ގުޅުމުން ގާތް ރަހުމަތްތެރިކަމަށް ބަދަލުވެފައިވެއެވެ. ނާޔަލް ބޭސްކުރަން ފެށިފަހުން އޭނަގެ ހާލަތު ކިތަންމެހާވެސް ރަގަޅެވެ. ނޫނީ އެއީ ހަޔާތަށް ކެމީލާ އައުމުން ބާވައޭވެސް ކައިޒާން ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް އެދެމީހުންގެ ރައްޓެހިކަން ވަރުގަދަވީ ދާދި ފަހުންނެވެ.

"ކޮންތާކުން ތިއައީ.." ނާޔަލް އަހައިލިއެވެ.

"ރޮމެންޓިކް ވޯކަކަށް ދިޔައީ....." ކައިޒާން ނާޔަލްއާއި ކައިރިއަށް ޖެހިލާފައި ކޮނޑުގައި އަތް ބޭއްވިއެވެ. " އައި ގޮޓް ޕްރޮޕޯސްޑް ޓު.........." ކައިޒާން އެޖުމްލަ ބުނެލީ ކެމީލައަށްވެސް އިވޭވަރަށެވެ. ކެމީލާއަށް ބަލައިލަމުންނެވެ. ކެމީލާވެސް ހިނިތުންވެލަމުން ކައިޒާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ދެލޯބިވެރިންގެ މާނަ ފުން ހިތްގައިމު ނަޒަރެއް ބަދަލުކޮށްލެވުނުތަން ފެނި ނާޔަލްގެ ހިތް ގުޑާލައިފިއެވެ. ނާޔަލް ކައިޒާންގެ މޫނުގައި ދެއަތުން ހިފަހައްޓާފައި އޭނައާއި ދިމާލަށް އަނބުރުވާލައިގެން ހުރެ ވާހަކަދެއްކިއެވެ.

"ދެޓްސް ކޫލް. އަނެއްހެން ވިސްނާއިރު ކައި އަންހެންކުއްޖަކަށްވުރެ ލަދުރަކިވާނެ ކުރިން އެންމެން ހީކުރީވެސް މާކްއާއި ކަމަށް ރައްޓެހިވެގެން އުޅުނީ. އެހެން ނުވާ ވަރެއްނޫން ދެމީހުން ވަކިން ގެއެއްގާ އެހެން މީހުންނާއި ދުރުން. ބޮޑީގާޑެއްގެ ނަމުގައިވިޔަސް ލޯބިވެރިޔާކަމަށް ހީކުރީ. އަވަރ ގޯޖިއަސް ޕްރިޓީ ބޯއިގެ ލަދުރަކިކަން....." ނާޔަލް މަރުހަބާ ކިޔައިލީ ހިތާއި ދެކޮޅަށެވެ.

"އެހާ ސަޕްރައިޒް ނުވޭ ބްރޯ. އަހަރެމެން ރައްޓެހިވެގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. ކެމިލާ ބޭނުމެއްނުވީ މެރީނުކޮށް ޑޭޓްކުރުން ސޯ ޕްރޮޕޯސް ކުރާނެއްނު..ހެހެ " ކައިޒާން ކެމީލާއަށް ބަލައިލީ ގަޔާވާ ނަޒަރަކުންނެވެ.

"ޖޯން ކީކޭ ބުނަނީ؟ އޭނަވެސް..." ނާޔަލް އެއްޗެކޭ ބުނަން އުޅެނިކޮށް ނޯޔާ ވަނުމުން އެވާހަކަ ހުއްޓާލަން މަޖުބޫރުވިއެވެ. ޖޯންއޭ ކިޔައިގެން ނާޔަލް ބުނި އެއްޗެއް އޮޅުން ފިލުވައިލަން އެންމެ ބޭނުންވީ ކެމީލާއެވެ. ނަމަވެސް ހާލަތު ތަނެއްނުދިނެވެ. ނޯޔާ ހިޔަނިހެން އޭނަގެ ފަހަތުގައި ޖައްސާލާފައި ހުރުމުން އެހެން މީހެއްގެ ކައިރިން އެއްޗެއް އޮޅުން ފިލުވައިލެވޭނެގޮތެއް ނުވިއެވެ. ކޮފީބޮއިގެން ކެމީލާއާއި ނޯޔާ ގަސްތަކުގެ ތެރެއަށް ނުކުތް ދަނޑިވަޅު ބަލާފައި ނާޔަލް ކައިޒާންއާއި ވާހަކަދެއްކިއެވެ. ކައިޒާން ކެމީލާގެ ގުޅުން އާއިލާއިން ގަބޫލުކޮށް ކައިވެންޏަށް އެއްބަސްވާނެހެން ހީނުވާކަމުގައި ބުނެ ވިސްނައިދިނެވެ. ކައިޒާން ބުނީ މިފަހަރު އާއިލާއާއި ދެކޮޅަށްވެސް ކެމީލާއާއި ކައިވެނިކުރާނެކަމުގައެވެ. ކައިޒާންގެ އެ ނިންމުމުން ނާޔަލްއަށް ޝޮކެއް ލިބުނަސް އޭނަ އެކަން ސިއްރުކުރިއެވެ. ކައިޒާން އޭނައަށްވުރެ މޮޅީ ކޮންކަމެއް ހެއްޔެވެ. އޭނަގެ މުއްސަދިކަން އަދި ރަގަޅަށް ކެމިލާއަށް ނޭގެނީހެއްޔެވެ. ކައިޒާންއާއި އިނީ އޭނަ މުއްސަދިކަމަށް ހީކޮށްގެން ހެއްޔެވެ. މެންހޭޓްންގައި ހުންނަ އޭނަގެ ޕެންޓްހައުސްއާއި އެމެރިކާގެ އެހެން ތަންތަނުގައިވާ ގެވެސް އެތައް މިލިއަންޑޮލަރެއްގެ ތަންތަނެވެ. އަގުބޮޑު ކާރުތަކުގެ އިތުރުން އޭނަގެ މިލްކިއްޔާތުގައި ބިމާއި ކުންފުނި އަދި ހޮސްޕިޓަލެއް ހުރިކަން އެނގޭނަމަވެސް ކެމީލާ ބޭނުން ނުވާނީހެއްޔެވެ. އޭނައަކީ ނިއުޔޯކްގެ އެންމެ މުއްސަދި ޒުވާނުންގެ ތެރޭ ހިމަނާލެވޭ ނަމެކެވެ. އޭނަ އެކަނިއެއް ނޫނެވެ. މުޅި އެ ޚާންދާނުގައި ގިނަވާނީ އެންމެކުރީގައި ފައިތިލަ ސާބިތުކޮށްފައިވާ ޒުވާނުންނެވެ. ކެމީލާއަށް އޭނައަށް ނޫނެކޭ ބުނެފައި އެހާ ފަސޭހައިން ފޮންޏެއް ނުވެވޭނެއެވެ. ނޫނެވެ. ކެމީލާ ގަސްތުގައި އޭނައަށް ޗެލެންޖެއްކުރީއެވެ. ކުރިން ލޯބި ހުށަހެޅީ އޭނައެވެ. ކައިޒާން އެއް ނޫނެވެ. ނަމަވެސް އޭނައަށް ގޮތް ދައްކަން އަދި ކައިޒާންއާއި އިންނަން އެހީއެވެ. އަންހެންކުއްޖަކަށްވެ ހުރެ އެ ވެއްޓިގަތީ ކޮންފަދަ ދަށު ދަރަޖައަކަށް ހެއްޔެވެ. އޭނައަށް ހަދާނެގޮތް އެނގެއެވެ. އެކަހަލަ އަންހެންކުއްޖަކު މައިތިރިކުރާނެ ގޮތް އޭނައަށް މުޅިން ވިސްނިއްޖެއެވެ.

"ލެޓްސް ސީ. އަހަންނަށް ނޫނެކޭ ބުނެފައި ކެމީލާ ބޭނުންވާގޮތަކަށް ނޫޅެވޭނެ...އައި ވިލް މޭކް ޔޫ މައިން ސަމްހައު. ކައިއާއި ކައިވެނިކުރިޔަސް އެންމެ ކުރިން ޔޫ ވިލް ވާމް މައި ބެޑް އެއްނު......ބޭނުން ކެނޑިގެން އެއްލާލީމަ އެހެން މީހުންނަށް އިންނަން އާދޭސްކުރޭ. އޭރުން އަހަންނަށް ހެޔޮ ކައިގެ މީހަކަށް ވިޔަސް. ފުރަތަމަ މަށަށް............." ނާޔަލް ހިތާހިތުން ކިޔައިލިއެވެ. ނުލަފާ ފާޑަކަށް ހީލައިފިއެވެ.

ނިއުޔޯކްއަށް އައުމަށްފަހު ކޮންމެވެސް ވަރަކަށް ކެމީލާގެ މިޒާޖާއި އުޅުމަށް އަދި ހެދުން އަޅާ ގޮތްތައް ބަދަލުކުރިޔަސް އޭނަ މަސައްކަތްކުރަމުން ދިޔައީ ރަގަޅަށް އުޅުމަށެވެ. ކައިޒާންއާއި ކައިވެނިކުރުމަށްފަހު އިރާދަކުރެއްވިއްޔާ ކައިޒާންވެސް ދީނަށް ލޯބިކޮށް ދީނީކަންތައްތައްކަށް އިސްކަންދޭ ޒުވާނަކަށް ވާނެއެވެ. ކައިޒާން އޭނަގެ އާއިލާއާއި ބައްދަލުކުރުވަން އެމީހުން ދިރިއުޅޭ ޕެންޓްހައުސްއަށް ދިޔައެވެ. ޕާސަނަލް އެލެވެޓާއެއް ހުރެފައި އަށްޑިހަ ވަނަ ފްލޯރަށް އެރުމުން ކެމީލާވެސް ސިހޭގޮތްވިއެވެ. ކޮންފދަ ރީތިކޮށް ސެންޓްރަލް ޕާކާއި ނިއުޔޯކް އޮތްގޮތަށް ފެންނާން ހުއްޓެވެ. ވަށައިގެން ހުރީ ބިއްލޫރި ފާރެވެ. ކޮންމެ ތަނަކުން ދޭހަކޮށްދިނީ މުއްސަދިކަމާއި ހައިބަތެވެ. ކައިޒާންގެ މަންމަ ނަތާޝާއާއި ބައްޕަ އަހުމަދު މައިކަލް އަށް ކައިޒާން ފެނުމާއިއެކު ކައިޒާންގެ ގައިގާ ބައްދާލާފައި މޫނުގައި ބޮސްދިނެވެ. ނަތާޝާ " ސްވީޓްހާޓް" ކިޔައިގެން ކައިޒާންއާއި ވާހަކަދެއްކިއިރު ލޯބިވާވަރު ހާމަވިއެވެ. ޖިންސަކާއި ޓީޝާޓެއްލައިގެން ހުރިއިރު ލުއި މޭކަޕެއްކޮށްލާފައި ހުރުމުން ޒުވާން ކުއްޖެއްފަދައެވެ. ކައިޒާން ކެމިލާ ތައާރަފުކޮށްދިނެވެ. ވަރަށް އަވަހަށް އިންނަން އުޅޭކަމުގައި ބުނުމުން ނަތާޝާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"އޯ ސްވީޓްހާޓް. މަންމަ ހީނުކުރަން ދަރިފުޅު މިހާ އަވަހަށް ތިކަހަލަ ޑިޒިޝަނެއް ނަގާފާނެއޭ. އެކަމަކު މަންމަމެން މިތިބީ ހަމަ ކައި ބޭނުން ކުއްޖަކަށް އޯކޭ ދޭގޮތަށް ވަޓް ހޭވް ޔޫ ގޮޓް ޓު ސޭ މައިކް..." ނަތާޝާ ސޯފާގައި އިށީދެ މައިކަލްގެ އިސްތަށިގަނޑާއި ކުޅެންފެށިއެވެ. އެ އުމުރުގައިވެސް އެ މުށިކުލައިގެ އިސްތަށިގަނޑު އޮތީ ވަރުގަދަކޮށެވެ. ކައިޒާންއަށް ވާރުތަކޮށްފައިވަނީ އަޅިފެހި ދެލޮލާއި ވަރުގަދަ ބުމައެވެ. ކުދިން ކުރިމަތީގައިވެސް ގައިގޯޅިވެގެން އުޅޭކަށް އެމީހުންނަށް އުދަގޫހެނެއް ހިޔެއްނުވެއެވެ. ހީވަނީ ހަމަ އުނގަށް އަރާފާނެހެންނެވެ. އެހާ ކައިރިއެވެ.

"އައިމް ސޯ ޕްލީސްޑް. ޝީޒް އިންޑީޑް އެ ލަވްލީ ލޭޑީ. ސޯ ޑިޑް ޔޫ ޑިސައިޑް އޮން އަ ޑޭޓް ސަން........" އަހުމަދު މައިކަލް އަހައިލިއެވެ.

"ޔަޕް ނޮވެމްބަރ ފަނަރަ...."

ނަތާޝާ ގަދަކަމުން މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. އަޑި އަޑިން އޭނަގެ ހިތް އަންދާހެން ހީވިއެވެ. އެ ޚަބަރު އިވުމުން ސިކުނޑިތެރޭ ބޮމެއް ގޮއްވާލެވުނުފަދަ ނުބައި އިހުސާސްކުރެވި ހުރި ތަނަށް ތިރިވާވަރުވިއެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް އޭނަ ކެތްކުރިއެވެ. ނަތާލީއާއި އާއިލާގެ އެކުވެރިންނާއި ރައްޓެހިންނަށް އެ ޚަބަރުދީ ދަރިފުޅު މި އަގެއްނެތް ކުއްޖާގެ ފަރާތުން ސަލާމަތްކުރަން އޭނަ ބޭނުމެވެ. މިޖެހުނީ ކޮންފަދަ ކަމަކާހެއްޔެވެ. އޭނަގެ ކޮއްކޮ ނަތާލީވެސް މި އަންހެންކުއްޖާދެކެ ބިރުން ސަލާމަތް ނުވެވިގެން އުޅުނެވެ. ނާޔަލް ފެނުނުގޮތަށް މި ބޯވައިގެ ފައިތައް ތަތްކޮށްލިއެވެ. ނަތާލީ ހެދި ފަންޑިތައެއް ނޭގެއެވެ. ނާޔަލްގެ ފަހަތުން ނެއްޓިގޮތަށް މިހާރު އޭނަގެ ދަރިފުޅުގެ ގައިގާ ވަކިތައް ހިއްޕާލައިފިއެވެ. ނަމަވެސް ނަތާޝާ ކެމީލާއަކަސް ފޫހިވީވަރެއް ނާންގައެވެ. ކެމީލާ ގޮވައިގެން ޕެންޓްހައުސްގެ ތަންތަން ދައްކާލަން ގެންދިޔައެވެ. އެމީހުންގެ ފޯރާކަމާއި މުއްސަދިކަން އަދި ހައިބަތު އަންގާދިނެވެ. ކެމީލާގެ އާއިލާ މީހުންނާއި ބެހޭގޮތުން ސުވާލުކުރިއެވެ. އެމީހުންވެސް އެމެރިކާއަށް ގެންނަންވާނެއޭ ބުނެލަމުން ފުން ނޭވައެއް ދޫކޮށްލައިފިއެވެ. އޭނަގެ ފިރިހެންދަރިފުޅު ކުޑައިރު ދިމާވި ބޮޑު ހާދިސާއެއްގެ ސަބަބުން އާއިލާއާއި ވަކިން އުޅުނަސް ނަތާޝާ އެކުއްޖާދެކެ ލޯބިވާލެއް ކުޑައެއް ނޫނެވެ. އެދަރިފުޅުގެ މުސްތަގުބަލާއި މެދު އެމީހުން ކިތަންމެ ވަރަކަށްވެސް ވިސްނައެވެ. ކެމީލާފަދަ އަންހެންކުއްޖަކު އެމީހުންގެ ޅީދަރިއަކަށް ވެގެން އެ ޚާންދާނަށް ވަނުމަކީ ވެވޭނެކަމެއް ނޫނެވެ. ނަމަވެސް އެމީހުން ކައިޒާންއަށް އެކަމެއް ނާންގާނެއެވެ. މިކަންތައް ނިންމާލާނީ އަދި ކައިޒާންއަށްވެސް ވާނުވާ އަންގާނުލައެވެ.

ނަތާޝާއާއި ނަތާލީ އަދި އެކުވެރިން ސައްލާކޮށްފައި ކައިޒާންއާއި ކެމީލާގެ އެންގޭޖްމެންޓް ޕާޓީއެއްވެސް ބޭއްވިއެވެ. އެ ޕާޓީއަށް ކެމީލާ ގޮވައިގެން އަންނާން ކައިޒާންއަށް އެންގީ މަންމައެވެ. ކެމީލާ ތައްޔާރުވެލީ އެތެރެއިން ތަންކޮޅެއް ބޯކޮށްހުރި ކެހެރި ހެދުމަކާއި ކަޅުކުލައިގެ ޖެކެޓެއްލާފައެވެ. ބޯފޮތީގެ ޝޯލެއް އޮޅާލުމުން ފިނީގެ އަސަރު ކުޑަވިއެވެ. އިރުކޮޅެއްނުވަނީސް ނޯޔާ އައީ އޭނަގެ މަންމަ އެންގޭޖްމެންޓަށް ފޮނުވި ހެދުން ހިފައިގެންނެވެ. ފެހިކުލައާއި ކަޅުކުލައިގެ ވެލެންޓިނޯ ހެދުން ފެނުމާއިއެކު ކެމިލާ ދެކޮޅުހެދިއެވެ. އަތްކުރު މޭމަތިންވެސް ބޮޑުބަޔެއް ފާޅުވާން ހުރި ގަޔަށް ފިޓްހެދުން ލައިގެން އޭނައަށް އެންމެންގެ ކުރިމައްޗަކަށް ނޭރޭނެއެވެ.

"ޑޯންޓް ބީ ސޯ އަންސިވިލައިޒްޑް ކައްމި. އެތާ ތިބޭނީ ހަމައެކަނި ފެމިލީ. އަންހެނުން. ބޯއިސްއިން އުޅުނަސް އެމީހުންނަކީ ހަމަ އަހަރެމެން ޚާންދާނުގެ ބޯއިސްއިން...ރަގަޅުވާނެ. އެއްވެސް މީހަކު މިކަހަލަ ހެދުމެއް ލައިގެން އެންގެޖްމެންޓް ޕާޓީއަކަށް ނުދާނެ. އެންމެން މަލާމާތްކުރާނެ ޕްލީޒް..." ނޯޔާ އާދޭސްކުރަން ފެށިއެވެ. ކެމީލާ ދެކޮޅުހަދަން ފެށުމުން އޭނަ ކައިޒާންއަށް ވެސް ގޮވިއެވެ.

"ކައި ކަންމި ކައިރީ ބުނެބަލަ މަންމަ ދިން ހެދުން ލާށޭ. އެންގޭޖްމެންޓަށް ދާންޖެހޭނީ ވަކިހެދުމެއް ލާފައެއްނު. ލުކް އެޓް ކައި. އެހެރީނު ސޫޓެއްލާފައި ކިހާ ހެންޑްސަމް. ޕާޓީއާއި ނުގުޅޭ ހެދުމެއް ލައިގެންގޮސް އެންގޭޖްމެންޓް އަނގޮޓި އަޅުވާއިރު މާ ރީއްޗެއް ނުވާނެ. ކައްމި ބީ އެ ގުޑް ގާލް......" ނޯޔާ ދޫނުކޮށް ކިޔަންފެށިޔަސް ކެމީލާގެ ޚިޔާލު ބަދަލުވާނެ ގޮތެއް ނުވިއެވެ. ކައިޒާން ބުނީ ކެމީލާއަށް ފެންނަގޮތް ރަގަޅުކަމުގައެވެ. ޕާޓީއަށްވެސް ހެދުން އަޅާގޮތް ބަދަލުކުރަން ނުޖެހޭ ކަމުގައެވެ. ނޯޔާހުރީ ހިތްހަމަ ނުޖެހިފައެވެ. މޫނު ހަދައިގެންނެވެ.

ޕާޓީއަށް ގޮސްފައި އަންހެންވެރިންގެ ސަމާލުކަން ކެމީލާއަށް ހުއްޓުނެވެ. ކެމީލާވެސް ލަދުގަތެވެ. ހުރިހާ އަންހެންވެރިން ލާފައި ތިބި ހެދުންތަކުން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމައަށެވެ. ކައިޒާންއާއި ނާޔަލްގެ މަންމަމެންވެސް ތިބީ ކުރު މިޑީހެދުންތަކުގައެވެ. އަތެއްނެތް އަދި ބުރަކަށި ފާޅުވާ ހެދުންތަކުގައެވެ. ނޯޔާވެސް ހަމަ އެފަދައެވެ. އެދޮން ދޮން ބުރަކަށީގެ އޮމާންކަން ދައްކާލައިގެން ހުރިއިރު އެކަމުން އުދަގޫވީ ކެމީލާއަށެވެ. ކައިޒާން އޭނަގެ އަތުގައި ހިފާލައިގެން ހުރީ ފަޚުރުވެރިކަމާއިއެކުގައެވެ. އެހެން މީހުނަށް އެކަން ހަޖަމެއްނުކުރެވުނެވެ. އެދެމީހުން ގުޅޭކަމަކަށްވެސް ގަބޫލެއްނުކުރެވުނެވެ. ވަގުތެއް ލިބޭއިރަށް ނަތާޝާ އަދި ނަތާލީވެސް ކެމީލާއަށް ބަސްތަކުން ހަމަލާދިނެވެ. ކެމީލާއަކަށް އެކަމެއް ރޭކާނުލިއެވެ. ނަމަވެސް ޔަގީންވިކަމެއް އޮތެވެ. ހަށިގަނޑު ނިވާކަމެއްނެތި ތިބި އާއިލާއެއްގެ ތެރޭ އޭނަ ބާކީވާގޮތްވިއެވެ.

އެންގޭޖްމެންޓް އަނގޮޓި ދެމީހުން އެޅުވުމާއިއެކު އަތްތިލަބަޑީގެ އަޑު ތަނުގައި ގުގުމާލިއެވެ. ނާޔަލްއާއި ކެމީލާގެ ހަތަރުކަޅި ބައްދަލުވިއެވެ. ނާޔަލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ޕާޓީ ނިމުނުފަހުން ކައިރިވެލާފައި އޭނަ ކައިޒާންގެ ގައިގާ ބައްދާލަމުން މަރުހަބާކިއެވެ.

"އައިމް ސޯ ހެޕީ ފޯ ޔޫ. މަންމަމެންވެސް އެންމެފަހުން އެއްބަސްވީދޯ. އައި ޑިޑްންޓް އެކްސްޕެކްޓް ދިސް ޓު ގޯ ސްމޫތުލީ ޔޫ ނޯ........" ނާޔަލް ކެމީލާއާއި ހަތަރުކަޅިހަމަކޮށްލިއެވެ. އެދެލޮލުގައި ވި ޝުއޫރުތަކެއް ތަރުޖަމާކުރާކަށް ނޭގުނަސް ނާޔަލް ހީކުރަނީ އޭނަ ބޭވަފާތެރިވީކަމަށް ހެއްޔެވެ. ތިމާ ލޯބިގެން އުޅުނަސް ކެމީލާ ދުވަހަކުވެސް އާއެކޭ ނުބުނާއިރު އޭނަގެ ބޮލުގައި ބޭވަފާތެރިވިކަމުގެ ލަގަބެއް ނޭޅުވޭނެއެވެ.

ހެނދުނު ނުވައެއްޖަހަން އުޅެނިކޮށް ކެމީލާ ކައިޒާންއާއިއެކު ކާރުދުއްވާލަން ދިޔައެވެ. މަތިނެތް ކާރަކަށްވުމުން ފުދޭވަރަކަށް ފިނިފިނި ވައިގެ ހަމަލާތައް މޫނަށް އަމާޒުވިއެވެ. އެއީ ޖޯންކަމެއް ކެމިލާއަކަށް އެއްގޮތަކަށްވެސް ނޭގުނެވެ. އެހާވަރަށް މޫނަކަށް ނުބަލައެވެ. ވާހަކަދެއްކީވެސް މަޑުމައިތިރިކަމާއިއެކުގައެވެ. ނާޔަލްގެ ގެއާއި އަރާހަމަވެފައި އެގެއަށް ވަންގޮތަށް ޖޯން ކުއްލިއަކަށް އެނބުރުނެވެ.

"ކައި ކައި ކައި...އެނޫން އެއްޗެއް ކިޔަން ނޭގޭތަ؟ ކިތައް ފަހަރު ބުނާނީ މިއީ ކައިޒާންއެއް ނޫނޭ ޖޯން އޭ................." ޖޯން ރުޅިގަދަވެގެން ހަޅޭއްލަވައިގަތެވެ. އަދި ދަމުން އަތުކުރީގައި އޮތް ގަޑި ފެނިފާ އެ ވެސް އަތުކޮޅަށް ހޫރާލައިފިއެވެ. އެއީ ކައިޒާން އަބަދު އަޅާ އަގުބޮޑުގަޑިއެވެ. ހެދުން އަޅައިގެން ހުރީ އާއްމުކޮށް ކައިޒާން އަޅާ ގޮތަށެވެ. މިވަނީ ކިހިނެއް ހެއްޔެވެ. ކެމީލާ ހުރީ ހުއްޓުން އަރާފައެވެ. ކެމީލާ އެއްޗެކޭ ބުނަން ނޭގިފައި ހުއްޓާ ބޭރަށް ނުކުތުމުން ކެމީލާއަކަށް ޖޯންގެ ފަހަތަކުންދާކަށް ނުކެރުނެވެ. ނާޔަލްވެސް މިއަށްވުރެ ރަގަޅުވާނެ ނޫންހެއްޔެވެ. ކައިޒާންއާއި އިންނަން އުޅޭ ކަން މުޅި އާއިލާއަށް އެނގެއެވެ. ނާޔާލްވެސް ދެން އޭނައާއިމެދު އެހެން ނަޒަރަކުން ނުދެކޭނެ ނޫންހެއްޔެވެ. ނާޔަލް ކައިރިން ޖޯންއަކީ ކާކުކަން އޮޅުން ފިލުވާނީއެވެ.

"އަހަންނާއިއެކު ސައިބޯންވީނު. އެކަނި ސައި ބޯ ހިތްނުވެފައި މިހުރީ............." ނާޔަލް ކިޔަންފެށިއެވެ. އެހާވަރަށް ބުނީމައެއްނޫނެވެ. ނާޔަލް ގޮތްދޫނުކުރާނެތީއެވެ. އެނޫންގޮތެއް ނެތީއެވެ. މިއަދު ފިނިގަދަކަމުން ކަށިތެރެއަށްވެސް ފިނިކަން ފާއްދާލާހެން ހީވިއެވެ. ކެމިލާގެ މޫނު ކޮންމެވެސް ވަރަކަށް ހުދުވެފައިވިއެވެ. ނާޔަލް އެކި ވާހަކަދެއްކިއެވެ. ގިނައިން ދެއްކީ ކުރެހުމުގެ ވާހަކައެވެ. ސައިބޯން އިށީދެފައި ނާޔަލް ޗީޒްކޮޅެއް އަނގައިގާ ޖެހިއެވެ. ކުޑަކޮށް ލޮވެލިއެވެ. އެދެލޮލުން ބަލަން އިންގޮތުން ކެމީލާގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނަ މީހުންނަށް އިތުބާރުކޮށްގެން މިގޮތަށް އަންނަން ވެއްޖެއްޔާ ލަނޑެއް ލިބޭނީ އެއްދުވަހުއެވެ. ކުށްވެރިވާނީ ނާޔަލްއެއް ނޫނެވެ. އޭނައަށްވެސް ނުވިސްނެނީއެވެ.

"ފޯ ބްރެކްފާސްޓް އަބަދުވެސް ޗީޒްއާއި އެގްސް އަދި ބޭކަންއާއި ކޮފީ ހަމަ ބެސްޓް. ކައިކައި ފޫއްސެއްނުވޭ.." ނާޔަލް ބުނެލިއެވެ." މިއަދު މިހިރީ އެގްސް ބެނެޑިކްޓް. ބިސް ކޮންމެ ގޮތަކަށް ހެދިޔަސް ކަމުދޭ....."

"ބޭކަން ކަހަލަ ނުދަންނަ އެއްޗެހި ނުކަން...."

"ޔޫ ވިލް ޑެފިނިޓްލީ ތިންކް އިޓްސް ޕޯކް ދޯ. ބުނަން ކެޓް ވާހަކައެއް. އަހަރެމެންނާއިމެދުވެސް އެހާ ނުބައިކޮށް ނުވިސްނާ އިނގޭ. އަހަރެމެންނަކީ މުސްލިމުން. ބައްޕައަކީ އެމެރިކަންއެއް. މަންމަ ހާފް އެމެރިކަން. އެމެރިކާގައި ކުޑައިރުއްސުރެން އުޅޭތީ މި މުޖުތަމައާއި ގުޅޭގޮތަށް އުޅުން ހުރެދާނެ. ސަގާފަތަށްވެސް ލޯބިކޮށްފާނެ. އެކަމަކު މަންމަމެން ދީނުގެ ބައެއްކަންތަކަކަށް ވަރަށް އިހުތިރާމްކުރާނެ. ލައިކް ޕޯކް މުޅިން މަނާ އެއްޗެއް. ވީ އާ ނޮޓް އެލަވްޑް ޓު ޓޭސްޓް އެނީތިން ވިތް ޕޯކް އިން އިޓް......" ނާޔަލް ބުނެދިނެވެ." މިއީ ބީފް ބޭކަން....ވަރަށް މީރުވާނެ. އެތިކޮޅެއް ކާލަބަލަ.." ނާޔަލް ކެމީލާގެ އަނގައިގާ ލައްވާދިނެވެ. ކެމީލާ ހާސްވިއެވެ. ނާޔަލް އަނގައިގާ ޖެއްސުމުން އޭނަ އިނގިލިތަކުން އެއެތިކޮޅުގައި ހިފިއެވެ. ކެމީލާ ގޭގެ އެތަން މިތަން ބެލިއެވެ. ބޮޑުކަމުން މިގޭގައި ތިރީހަކަށް ކޮޓަރި ހުންނާނެކަން ގައިމެވެ. ޖިމްއާއި ކުޅިވަރުކުޅޭ ބައި އަދި ސްޓީމް ރޫމާއި ޖެކޫޒީ ހޯމް ތިއޭޓާ އަދި ލައިބްރަރީއެއް ހުންނަ ވާހަކަ ނޯޔާވަނީ ބުނެފައެވެ. މަތީބަޔަށް އަރާކަށް ނުކެރުނެވެ. ނާޔަލްއަށް އެބައި ޚާއްސަވާނެކަން އެނގޭތީއެވެ. ނާޔަލް ދިރިއުޅެނީ މަތީގައިކަން އޭނަ ދަނެއެވެ. މާސްޓަބެޑްރޫމްވެސް ހުންނަނީ އެބައިގައެވެ. ކެމީލާ އެގޭގެ ފަހަތު ފެންޑާއިން ނުކުތުމުން އަނގަ ހުޅުވުނީ މަންޒަރުތައް ރީތިކަމުން ހަމަ އާޝޯޚުވެގެންނެވެ. ދުރުދުރަށްދާންދެން ގަސްތަކުގެ ސިލްސިލާތައް ފެންނައިރު ކުދި ފަރުބަދައެއްގެ މޭގަ ފެނެއެވެ. ހިނގަން ހަނި މަގެއް އޮތްއިރު އެއްފަރާތުގައި ސަފަކަށް ރަން ރީދޫކުލައިގެ ފަތްތަކުން ބަރާވެފައިވާ ގިންކޯ ގަސްތަކެވެ. ވަޔާއި ހެލިލާއިރު އެއިވޭ ނާނާ މުޅި ހިސާބުގައި ހަރުލާފައިވިއެވެ.

ކެމީލާ އަށް ދުއްވައިގަނެވުނީ ކެމެރާއާއި ފޯނު ބަލައެވެ. ދަބަސް ހިފައިގެން އޭނަ އައެވެ. އޭނަ އެމެރިކާއަށް އަންނަން އުޅޭ ވާހަކަ ބުނުމުން ހަދިޔާއަކަށް ނޯޔާ ދިނީ މި ކެމެރާއެވެ. ކިތަންމެހާވެސް ބޭނުންތެރިއެވެ. ފަންކާގެ ބައްޓަމަށްވާ ކުދި ފަތްތައް ފައިބަންފެށީ ކެމީލާއަށް އެތަނަށް އާދެވުނު ވަގުތުއެވެ. ރަންކުލައިގެ ސްނޯފްލޭކްސްފަދައިން އަވަސްކަމާއިއެކު ފަތްތައް ފައިބަން ފެށިގޮތަށް ދާދި އަވަހަށް މާބްލް ތަޅުންމައްޗާއި އެސަރަހައްދުގައި ރަންކުލައިގެ ދޫލައެއް އަޅާލައިފިއެވެ. ކެމީލާވެސް މަޖާވެލާފައި ތަންކޮޅެއް ކުޑަކޮށް ހުރި ގިންކޯ ގަހެއްގެ ފަތެއްގައި މަޑުމަޑުން ކޮށްޓައިލިއެވެ. ފަތްތައް ޟައީފުކަމުން ޖެހިލާއިރަށް ތަނޑި ވަކިވެގެން ބިމަށް ވެއްޓުމުން ކެމީލާ ކުޑަ ގޮފިކޮޅެއް ހަލުވައިލިއެވެ. އެގޮފިކޮޅުގައިވާހާ ފަތްތައް އެއްފަހަރާ އުދުހިގަތެވެ. ސްނޯފަދައިން ރަން ފަތްތައް ވެހެންފެށުމުން މޫނު ދިއްކޮށްލައިގެން ހުރެ ފަތްތަކުގައި ހިފަން ކެމިލާ ކުރި މަސައްކަތް ބަލަން ހުރި ނާޔަލް ހޭންފެށިއެވެ.

"ވަޓް...." ކެމީލާ ކުއްލިއަކަށް އެނބުރި ބަލާލައިފިއެވެ.

"މިގޭގައި އަދި ފާމްތަކާއި ނިއުޔޯކްގައި މި ގަސްތައް ވަރަށް ގިނަ އެކަމަކު ދުވަހަކުވެސް ފަތްތައް އެއްފަހަރާ ފައިބާތަނެއް ނުދެކެން. ބަލާކަށް ޝައުގެއްވެސް ނުހުރޭ އެކަމަކު ކެޓް މިއިން ކޮންމެ މަންޒަރަކަށް ހިތްކިޔާވަރުން އަހަންނަށްވެސް ރީތި އެއްޗެއްސާއި މަންޒަރަށް ލޯބިކުރެވެން ފަށައިފި. ކެޓްއާއިއެކު މި މަންޒަރު ފެނުމުގެ ނަސީބު ލިބުނީ. އަދި ތިއިން ފަތެއް ހިފިއްޖެއްޔާ އެމީހަކު ވަރަށް ލަކީވާނެއޭ ކިޔާފައި ފަތެއް ހިފަން އުޅުނަސް ފަސޭހަކަމަކަށް ނުވެޔޯ. ޔޫ އާ މައި ލަކީ ޗާމް. ފަތެއްގައި ހިފިޔަސް ނުހިފިޔަސް އަހަރެންގެ ނަސީބުގެ ތަރި ނުއެއް އޮއްސޭ..............." ނާޔަލް އެދިމާލަށް އަންނަންފެށިއެވެ. ރަންކުލައިގެ ދޫލަމަތީ ހިނގާލާފައެވެ. ކެމީލާ އަދި ކަންބޮޑުވެގެން ފަހަތަށް ފިޔަވަޅުތަކެއް އަޅަމުންގޮސް ބުރަކަށި ޖެހުނީ ބިޔަ ގިންކޯ ގަހެއްގެ މައިގަނޑުގައެވެ. ނާޔަލް ކެމީލާގެ ކުރިމަތީގައި ހުއްޓުނެވެ. މަޑުރަތް ކުލައެއްގައިވި ތުންފަތުގައިވި މާނަވީ ހިނިތުންވުމުން ކެމީލާއަކަށް އެއްޗެއް ނުވިސްނުނެވެ.

"ލެޓްސް ސެލެބްރޭޓް ގިންކޯ ޑޭ. ދުވަހަކު ހިތުން ނުފިލާވަރުގެ ގިފްޓެއް ދެންތަ..............."ނާޔަލް ކެމީލާ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. އެތޫނު ދެލޮލަށް ޚަރީފުގެ އަލި އެޅިފައިވާއިރު ލާނެތް ނުސިޔާނުކަމެއް ނަށާލާފަދައެވެ. އިސްތަށިގަނޑުގައިވެސް ގަދަ މުށިކުލައެކެވެ.

"ނޯ ނޯ ނޯ އަހަރެން ބޭނުމެއްނޫން.. ޑޯންޓް ޔޫ ޑެއާ..............." ކެމީލާއަށް ނާޔަލްގެ ނިޔަތް އެނގިގެން ބިރުން ހަލާކުވާވަރުވިއެވެ. އަނގައިގާ ޖުމްލައިގެ އެއްބައި އޮތްވާ ކެމީލާ ހުއްޓުވިއެވެ. ދުރަށް ދާން މަސައްކަތްކުރަމުން ނާޔަލްގެ މޭގައި އަތް އަޅާ ދެތިންފަހަރު ކޮށްޕާލެވުނެވެ. މޫނު އަނބުރާލުމުގައި އެއްފަހަރު ކާމިޔާބުކުރެވުނުއިރު އަނެއްކާވެސް ނާޔަލްގެ އަތުގެ ހިމާޔަތަށް ވަންނާން ޖެހުނެވެ. ނާޔަލްގެ ސިކުނޑިއަށް ޝައިތާނާ ވަދެ މުޅިން ހިތް ގޯސްކުރުވާ ގަދަކަމުންވެސް ބޭނުންވާ ކަންތައް ހާސިލުކުރަން ބާރު އެޅިއެވެ. މިނިޓްތައް ގަރުނުތަކަކަށް ދެމިގެން ދިޔަހެން ކެމިލާއަށް ހީވިއެވެ. ކެމީލާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ދެމިގަތެވެ. ނާޔަލް ކުޑަކޮށް ދުރުވެލީ ހިތް ފުރޭވަރުވީމައެވެ. ދާދި ކައިރިން ކެމީލާގެ މޫނަށް ބަލަމުން ދިޔައެވެ. މީހަކު މިހާވަރަށް ރޯވާރުގެ ކަމެއް އޭނަކުރީހެއްޔެވެ.

"އެހާ ބޮޑުކަމެއް ނުކުރަމެއްނު. އިޓް ވޯޒް ޖަސްޓް އެ ކިސް....މްމްމް ކީއްވެގެން ރޮނީ؟ އަދިވެސް ބޭނުމީ؟" ނާޔަލްއަށް މަޖާވިއެވެ. ކެމީލާ ބިރުން ދެލޯ އެންމެ ބޮޑުކޮށްލައިގެން ނާޔަލްގެ މޫނަށް ބަލަން ހުރީއެވެ.

"ފޮބިޑްން ފުރުޓް އިޒް ދަ ސްވީޓެސްޓް އޭ ބުނަނީ މިގޮތަށްވީމަ ދޯ. ވަރަށް ޓެމްޕްޓިން. އެހެންވެ ތަންކޮޅެއް ވައިލްޑްކޮށް ދިޔައީ. އަދި މި ނިމުނީއެއް ނޫން އިނގޭ........." ނާޔަލް އަތް ޖީބަށް ޖަހާލައިފިއެވެ. "އަދި........ ކީޕް ދިސް އެ ސިކްރެޓް އިޓްސް ގޯނަ ބީ އަވާ ލިޓްލް ސިކްރެޓް އޯކޭ؟ ކައިޒާންއަށް އެނގިއްޖެއްޔާ ދުވަސްދިޔައީ. އަސްލު އަހަރެން ދޯ ކުރިން ކެޓް ބޭނުންވެގެން އުޅުނީ. ކައި އައީ މާފަހުން. އެހެންވީމަ އަހަންނަށް މިވަރު ހައްގުކަމަށް ގަބޫލުކުރަން. ބަސް އަހަންޏާ އަހަރެން ހަމަ ޖެންޓްލްމޭންއެއްގެ ގޮތުގައި ފެންނާނީ.............." ނާޔަލް މިފަހަރު ތަންކޮޅެއް މަޑުމަޑުން ކެމީލާގެ މޫނުގައި ބޮސްދިނެވެ. ލޮލުގައިވާ ކަރުނަތައް ފޮހެލަދިނެވެ.

"ވަން މޯ ތިންގް. ކައިވެނި ކެންސަލް ކުރޭ ނޫނީ ރިގްރެޓް ކުރާނެ..............." ނާޔަލްގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ލޮލުގައިވީ އެހެން މީހުން ޖެހިލުންކުރުވާފަދަ ގޮތެކެވެ. ވައިގެތެރޭ އެގޮތް މިގޮތަށް އުދުހެމުން އައި ރަންފަތެއްގައި ނާޔަލް ހިފާލަމުން ކެމިލާއަށް ދިއްކޮށްލިއެވެ. ކެމީލާ ގެއްލިފައި ހުރެ އެފަތުގައި ހިފިއެވެ. ޗާބީދީފައިވާ ބުދެއްހެން ކުރިއަށް ފިޔަވަޅު އަޅަމުންގޮސް ކާކޮޓަރިއަށް ވަނެވެ. އައިސްޕެކެއް ނެގިއެވެ. އޭރުވެސް ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. މިކަހަލަ ސޮސައިޓީއެއްގައި ފިރިހެނުންނާއިއެކު އުޅެންޏާ އޭނަގެ ހަށިގަނޑަށް އެމީހުން ބޭނުންގޮތް ގޮތް ހަދާނެއެވެ. އޭނަގެވެސް ކުށެވެ. ދުވަހަކު ނާޔަލްދެކެ ރުޅިނާންނަވަރަށް ފޫހިނުވާވަރަށް ފޫހިވިއެވެ. މާފަށް އެދުނަސް ދުވަހަކު އޭނަގެ ހިތް ނާޔަލްއަށް މާފެއްނުކުރާނެއެވެ. ނަފްރަތު ނޫން އެއްޗެއް އެހިތަކު ނެތެވެ. ކުރެވުނުހާ އިތުބާރެއް އެންމެ ސިކުންތަކުން އޭނަ ގެއްލުވާލައިފިއެވެ. ފިރިހެނުންވާނީ ފިރިހެނުންނަށެވެ.

ނާޔަލް ފައްތަރުމަތީ އިށީދެލައިގެން ގިންކޯގަހުން ފަތް ވެހޭ މަންޒަރުބަލަން އިނެވެ. އެންމެ ދެގަޑިއިރު ތެރޭ ހުރިހާ ފަތެއް އެގަހުން ހުސްވެ ފެންނަން ހުރީ ހަމައެކަނި ގޮފިތަކެވެ. ނާޔަލް އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ހިނިތުންވެލީ ފަޚުރުވެރިގޮތަކަށެވެ. ބޭނުން ކޮންމެ އެއްޗެއް ހާސިލުވުމަކީ އޭނަގެ ނަސީބުބާވައޭ ހިތަށް އެރިއެވެ. ތަގުދީރުވެސްވަނީ އޭނައާއި އެއްބަޔަށެވެ.

ކައިޒާން ހޭލެވުނީ މަޑުމަޑުއަތްވެއް މޫނަށް އެޅެންފެށުމުންނެވެ. ދެލޯ ހުޅުވާލުމާއިއެކު މިއޮވެވުނީ ކާރުތެރޭ އޮށޯވެލައިގެންކަން އެނގުނެވެ. އަތުގައި ސިގްރެޓެކެވެ. ހާސްކަމާއިއެކު ފުންމައިގެން ތެދުވެ ބަލައިލެވިއްޖެއެވެ. އޭނަ މިއޮތީ ކޮންތާކުހެއްޔެވެ. މިއީ ކާކުގެ ކާރެއް ހެއްޔެވެ. އިރުކޮޅެއްފަހުން ވިސްނުމާއިއެކު ކަރުގައި އޮތް ފަށް ދަމައިގެންފާ އަތުކޮޅަށް ހޫރުވާލައިފިއެވެ. ސިގްރެޓްވެސް އެއްލާލިއެވެ. މިހުރިހާކަމެއް ކުރަނީ "ޖޯން" ކަން އެގޭއިރުވެސް ޖޯން ބަލިކޮށްލުމުގައި ކާމިޔާބެއްނުވެއެވެ.

"އައިމް ސޯ ހެލްޕްލެސް. ކިހިނެއް ހަދާނީ....." ކައިޒާން ތެދުވެގެންގޮސް ނާޔަލްގެ ގޭގެ ދޮރުގައި ޓަކިދޭންފެށިއެވެ.

އިރުކޮޅަކުން ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ.

(ނުނިމޭ... )

comment ކޮމެންޓް