ރ. ބޮޑުހުރާގެ ކުލި ނުދައްކާތީ އަރާފައިވާ ޖޫރިމަނާ ދައްކަން އަންގައިފި

ރ. ބޮޑުހުރާ

ވަރުވާ ދޫކޮށްފައިވާ ރ. ބޮޑުހުރާގެ ކުލި ނުދައްކާތީ، ކުއްޔަށް ވާ ފައިސާ އެއް މަސްތެރޭ ދައްކަން އެ ރަށް ވަރުވާ އަށް ނެގުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއެކު އެއްބަސްވެފައިވާ މ.ގޯލްޑަންޕާލް ހުސައިން އައްފާނުގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިމަހުގެ 14 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ޙުސައިން އައްފާން އަޙްމަދާ ފިޝަރީޒް އެންޑް އެގްރިކަލްޗާ އާ މެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖުމްލަ 56،150.14 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ދައްކައި ޚަލާސް ކުރުމަށް އަންގާ ކަމަށެވެ.

ބޮޑުހުރާ ކުއްޔަށް ނެގުމަށް އެއްބަސްވެފައި ވަނީ 2016 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ. އައްފާނުގެ މައްޗަށް ކުރި ދައުވާ އަށް އޭނާ އިއުތިރާފުވެފައިވާ އިރު ޖޫރިމަނާ އަށްވާ ފައިސާ އެއްފަހަރާ ހޯދުމަށް މީރާ އިން ވަނީ ކޯޓުގައި އެދިފަ އެވެ.

comment ކޮމެންޓް