އާމިރު އަދި އާލިއާ އެއް ފިލްމަކުން؟

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރު ޚާން އާއި ޒުވާން ހުނަރުވެރި ބަތަލާ އާލިއާ ބަޓް ވަރަށް އަވަހަށް އެކުގައި ފިލްމަކުން ފެނިދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާގޮތުން ދެމީހުން އެކުގައި ފެނިގެންދާނީ އިންޑިއާގެ ރަޖްނީޝް މޫވްމަންޓުގެ ލީޑަރު، އޯޝޯގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުންނެވެ.

އެ ފިލްމުގެ ލީޑު ރޯލަށް އާމިރު ހަމަޖެއްސުމަށް ޑައިރެކްޓަރު ޝަކުން ބަޓްރާ މަސައްކަތް ކުރަމުން އަންނަ އިރު، ފިލްމުގައި އާލިއާ ފެނިގެން ދާނީ އޯޝޯގެ ސެކެޓްރީ، މާ އާނަންދު ޝީލާގެ ރޯލުންނެވެ.

އެންމެ ފުރަތަމަ އެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައި އޮތީ ވެބް ސީރީޒް އެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން ނިންމީ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް އެ ޕްރޮޖެކްތު ގެންނާށެވެ.

ފިލްމު ޕްރޮޑިއުސް ކުރާނީ ކަރަން ޖޯހަރު އެވެ. އާލިއާ ވަނީ މީގެ ކުރިން "ކަޕޫރު އެންޑް ސަންސް"ގައި ވެސް ބަޓްރާ އާ އެކު މަސައްކަތް ކޮށްފަ އެވެ.

އާލިއާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަޔާން މުކަރްޖީގެ "ބްރަހްމާޝްތުރަ" އަދި އަބީޝެކް ވަރްމަންގެ "ކަލަންކް" ގަ އެވެ. އާމިރު ޚާން މިހާރު ކުރަމުން އަންނަނީ "ތަގްސް އޮފް ހިންދޮސްތާން"ގެ މަސައްކަތެވެ.

comment ކޮމެންޓް