ސަޓާގެ ސްރީލަންކާގެ އިވެލުއޭޝަންތައް ފަށައިފި

ސަޓާގެ ސްރީލަންކާގެ އިވެލުއޭޝަންތައް ފެށުން -- ފޮޓޯ/ ހައިރައިޒް
ސައުތު އޭޝިއާ ސަރަހައްދުގައިދޭ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ ސްރީލަންކާގެ އިވެލުއޭޝަންތައް ފަށައިފި އެވެ.

ސްރީލަންކާގައި ސަތާގެ ނޮމިނޭޝަންތައް ކުރިއަށްދަނީ ސަޓާގެ ސްރީލަންކަން ހޮސްޕިޓާލިޓީ ޕާޓްނަރު ކަމަށްވާ ކޮލޮމްބޯގައި ހުންނަ ރަމަދާ ހޮޓެލްގަ އެވެ.

ލަންކާއިން ސަޓާއަށް ނޮމިނޭޓްވެފައިވާ ބްރޭންޑްތަކުގެ ތެރޭގައި ކިންގްސްބަރީ، ސިނަމަން، ހެރިޓެންސް، އުގާ އެސްކޭޕްސް، ރޯޔަލް ޕާމްސް، ޖެޓްވިންގް، މޫވަންޕިކް، ސަންއަކުއާ، ސެންޓާރަ، އާރުއައިޔޫ، ސަމަން ވިލާސް، އިޝްގް ވިލާ، ރަމަޑާ، އަނަންތަރަ، ގްރޭންޑް ހޮޓެލް، ގްރޭންޑް ކަނޑިޔާން، ފައިނޑް މައިފެއާ، ނިވަޑޫ ޑީލްސް، ކެސަންސް އަދި ލަންކާ ސަވާރީގެ އިތުރުން ބީމިޗް ވެސް ހިމެނެ އެވެ.

ސަޓާ 2018ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ސްރީ ލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އަދި ރާއްޖެއިން ހިންނާ ޚާލިދެވެ. ހިންނާއަކީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ މަސައްކަތުގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ނޮމިނޭޝަންތައް އިވެލުއޭޓު ކުރާއިރު، ކޮންމެ ފަރާތަކުން ވެސް 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދޭން ޖެހޭނެ އެވެ. ޕްރެޒެންޓޭޝަން ދޭން ޖެހޭނީ ދާއިރާގެ ތަޖުރިބާކާރު ޖަޖުންގެ ޕެނަލްއެއްގެ ކުރިމަތީގަ އެވެ.

މި އަހަރު ސަޓާގެ ގާލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިއާގެ މުމްބާއީގައެވެ.

comment ކޮމެންޓް