ތުރުކީގެ އިންތިޚާބުގެ ކުރީގައި އުރުދުޣާން

ު އޭކޭ ޕާޓީގެ އޮފީހުގެ ބޭރުގައި އަދި ރިޔާސީ ގަނޑުވަރުގެބޭރުގައި އުރުދުޣާންގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ --- ފޮޓޯ: އަލްޖަޒީރާ

ތުރުކީގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރި އެގައުމުގެ ރައީސް ޖަބް ތައްޔިބު އުރުދުޣާން ހޯއްދަވައިފިއެވެ.

މިހާތަނަށް 85.04 ޕަސެންޓް ވޯޓ ގުނާފައިވާއިރު ވޯޓުގެ ނަތީޖާ ދައްކާގޮތުން އުރުދުޣާން ވަނީ ރިޔާސީ އިންތިޚާބުގެ 53.73 ޕަސެންޓް ކާމިޔާބު ކުރައްވައިފައެވެ. އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ކެނޑިޑޭޓު މުހައްރަމް އިންޗޭ އަށް ލިބިލެއްވީ 30.02 ޕަސެންޓެވެ.

ރިޔާސީ އިންތިޚާބުގެ އިތުރުން ތުރުކީގެ އާންމު އިންތިޚާބުވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އާންމު އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅެނީ އުރުދުޣާންގެ ޕީޕަލްސް އެލަޔަންސް އެވެ. އެއީ އޭކޭ ޕާޓީ އަދި އެމްއެޗްޕީ ގެ ކޯލިޝަން އެވެ. އެ ކޯލިޝަން އަށް މިހާތަނަށް ވަނީ 54.71 ޕަސެންޓްވޯޓު ލިބިފައެވެ.

މި ނަތީޖާ އާއެކު އޭކޭ ޕާޓީގެ އޮފީހުގެ ބޭރުގައި އަދި ރިޔާސީ ގަނޑުވަރުގެބޭރުގައި އުރުދުޣާންގެ ސަޕޯޓަރުން ދަނީ އުފާ ފާޅުކުރަމުންނެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ 56 މިލިއަން މީހުން އެބަތިއްބެވެ. ޖުމްލަ 180،000ވޯޓު ފޮށު ވަނީ ބަހައްޓައިފައެވެ.

އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެވެ. އަދި މީގެ ކުރިން ފިޒިކްސް ޓީޗަރުކަމާއި މަޖިލިސް މެމްބަރުކަން ކުރެއްވި އިންޗޭ ވަނީ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ 48 ގަޑި އިރުތެރޭ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް 11 އަހަރު ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު 2014 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެންނެވި އުރުދުޣާން ވަނީ ވެރިކަން ކުރެވޭ ވަރަށް އިންޗޭގެ ތަޖުރިބާ ނެތް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ތުރުކީގައި ބޭއްވި ފެންނަ ނުފެންނަ ވޯޓެއްގައި އެގައުމުގެ ރައްޔިތުން ވަނީ ގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލު ކުރުމަށާއި ރައީސްގެ ބާރުތައް އިތުރަށް ވަރުގަދަ ކުރުމަށް ރުހުން ދީފަ އެވެ.

އެގައުމުގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކުގެ ދަށުން ބޮޑުވަޒީރުގެ މަގާމު އުވާލައި ނައިބު ރައީސުންނާއި މިނިސްޓަރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރުގެ ރައީސަށް ލިބޭނެ އެވެ.

comment ކޮމެންޓް