ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު މާފުށީގެ އިގްތިޞާދަށް ކުރިއެރުންތަކެއް އައިސްފައިވޭ: ޠާރިޤު

މެއި 8، 2018: އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން، މާލޭގައި ފެން ފޯރުކޮށް ދިނުމަށްޓަކައި ފެން އުފައްދާ ދެވަނަ މަރުކަޒު، "އާރުއޯ އެނެކްސް އެކެއް" ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށީ ގޮނޑުދޮށް ހިމާޔައްކުރެވުމާ ގުޅިގެން އެރަށުގެ އިގްތިޞާދަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކ. މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން ފާހަގަ ކުރުމަށް މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރެވުމާއި ގުޅިގެން ރަށުގައި ގެސްޓު ހައުސްތަށް އެޅުން އިތުރުވެ ކުރިން ގިރަމުންދިޔަ ގޮނޑުދޮށްތައް ރީތިވެ، އެ ތަނުގެ ބޭނުން ފަތުރުވެރިންނާއި ރަށުގެ ރައްޔިތުންނަށް މިހާރު ހިފެމުންދާކަމަށެވެ.

" ގެސްޓު ހައުސްތަށް މި ރަށުގައި އިތުރު ވުމުގެ ސަބަބުން ކަރަންޓުގެ މައްސަލަ އިތުރުވަމުންދާތީ އެކަން ހައްލުކުރުމަށް ވެސް ވަރަށް ބޮޑު ހަރަދެއް ސަރުކާރުން ވާނީ ކުރައްވާފަ،" ޠާރިޤު ވިދާޅުވިއެވެ.

މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް 14.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔަމީނަކީ ދިވެހިންގެ ތަރައްގީގެ ބާނީކަމަށާއި އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ޖެހޭކަމަށްވެސް މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.

comment ކޮމެންޓް