ޕްރިޔަންކާއާ އެކު ނިކް އިންޑިއާގައި

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ދެމީހުން އެކުގައި މުމްބާއީގައި ވަގުތު ހޭދަކުރަމުން އެބަދެ އެވެ.

ޕްރިޔަންކާ އާއި ނިކް އެކުގައި އިންޑިއާއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދެމީހުން އެއާޕޯޓުން ނުކުތީ ވަރަށް ފިލައިގެންނެވެ. ނަމަވެސް ޕަޕަރާޒީންގެ ކެމެރާތަކަށް ދެމީހުން ވަނީ އަރައިފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ނިކް މުމްބާއީއަށް ގޮސްފައި ވަނީ ޕްރިޔަންކާގެ "ހައުސްވޯމިންގް"ގެ އިތުރުން، ޕްރިޔަންކާގެ އާއިލާ އާއި އެކުވެރިންނާ ބައްދަލުކުރާށެވެ. ޕްރިޔަންކާ ވަނީ ނިކްގެ އާއިލާ އާއި އެކުވެރިންނާ ބައްދަލުކޮށްފަ އެވެ.

ހުކުރު ދުވަހު ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ، އަދި ކޮއްކޮ އާއެކު އެ ދެމީހުން ވަނީ ބޭރަށް ގޮސްފަ އެވެ. ދެމީހުން އަތުގައި ހިފައިގެން ބޭރަށް ދިޔަ އިރު، ކެމެރާތަކަށް ފިލަން މަސައްކަތެއް ނުކުރެ އެވެ.

ނަމަވެސް ނިކްގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޕްރިޔަންކާ ވަނީ ނިކް އަށް ހަތަރު ހަށިފާރަވެރިން ހަމަޖައްސައިދީފަ އެވެ.

ދެމީހުން އެކުގައި ވަރަށް ގިނައިން ފެންނަ އިރު، އަދި އެކަކު އަނެކަކުގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަށް ކޮމެންޓު ކުރަމުން އައި ނަމަވެސް، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަދި އެއްބަހެއް ނުވެ އެވެ.

ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ މެޓް ގާލާ ކާޕެޓުންނެވެ.

ނިކް އަކީ ޕްރިޔަންކާ އަށް ވުރެ 10 އަހަރު ހަގު މީހަކަށް ވުމުން، ގިނަބައެއްގެ ފާޑުކިޔުން ޕްރިޔަންކާ އަށް ވަނީ އަމާޒުވެފަ އެވެ.

comment ކޮމެންޓް