ސައުތު އޭޝިއަން ޔޫތު ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރަފީން ސަމިޓެއް ބާއްވައިފި

ދެވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރަފީން ބޭއްވި ސަމިޓު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ ސެޕްޓެމްބަރު 17 އިން 20 އަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާ ދެވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެންޖީއޯއެއް ކަމަށްވާ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ)އިން ސަމިޓެއް ބާއްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި ރަފީން މިއަދު ސަމިޓު ބޭއްވީ އިންޓަނޭޝަނަލް ޔޫތު ކޮމެޓީއާ ގުޅިގެންނެވެ.

ދެވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރަފީން ބޭއްވި ސަމިޓު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ސަމިޓް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރަފީ ޖަމިއްޔާއަށް އެހީތެރިވެދެއްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ވަނީ އިންޓަނޭޝަނަލް ޔޫތު ކޮމެޓީން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އެވޯޑް އަރުވައިފައެވެ. އޭގެ އިތުރުން އެ ސަމިޓުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖުތައް ހަވާލުކުރުމުގެ އިތުރުން އެ އިވެންޓްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނަށް ވެސް ވަނީ ހަނދާނީ ލިޔުން އަރުވައިފައެވެ.

މިއަދު ބޭއްވި ސަމިޓުގައި ޔޫތު ލީޑަރުން ވަނީ ރާއްޖޭގެ ޒުވާނުންނަށް ހުރި ފުރުސަތުތަކާއި ހުރި ގޮންޖެހުންތަކާއި އެކަންތައް ހައްލުކުރުމާ ބޭހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެ ސަމިޓުގައި ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އާއި ރަފީއާ ދެމެދު އަދި ޕީއެސްއެމްއާއި އިންޓަނޭޝަނަލް ޔޫތު ކޮމެޓީއާ ދެމެދު ވަނީ ދެ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައެވެ.

ދެވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރަފީން ބޭއްވި ސަމިޓު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ބޭއްވި ބައްދަލުވުމުގައި އިންޓަނޭޝަނަލް ޔޫތު ކޮމެޓީގެ ރައީސް ޑރ. ކޭކޭ ސިންގްއާއި އެ ކޮމެޓީގެ އެހެން ބައެއް މެންބަރުން ބައިވެރިވެލެއްވިއެވެ.

މިފަހަރު ބާއްވާ އޭޝިއާން ޔޫތު ސަމިޓުގައި ރަފީ މެދުވެރިވެގެން ރާއްޖޭގެ 40 ޒުވާނަކު އެ ސަމިޓަށް ދިއުމަށް ހަމަޖެހިފައިވާ ކަމަަށް އެ ޖަމިއްޔާއިން ބުންޏެވެ.

މިއީ ރާއްޖެއިން ދެކުނު އޭޝިއާގެ ޔޫތު ސަމިޓުގައި ބައިވެރިވާ ދެވަނަ ފަހަރެވެ. މިދިޔަ އަަހަރު ބޭއްވި ސަމިޓުގައި ރާއްޖެއިން ވަނީ ''ބެސްޓް ކަންޓްރީ އެވޯޑް" ހާސިލްކޮށްފައެވެ.

މިއަހަރުގެ ޔޫތު ސަމިޓްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދެކުނު އޭޝިއާގައި ދެމެހެއްޓެނި މުސްތަގުބަލަކަށް މަގުކޮށައިދިނުމެވެ.

comment ކޮމެންޓް