ލިންކް ސާވްގެ މައި ޝޯރޫމް ރޭގަނޑުވެސް ހުޅުވަނީ

ލިންކް ސާވް ފިހާރަ-- ސަން ފޮޓޯ

ލިންކް ސާވްގެ މައި ޝޯ ރޫމް މާދަމާރެއިން ފެށިގެން ރޭގަނޑު ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފުޅާ ދާއިރާއެއްގައި އައިޓީގެ ވިޔަފާރި ކުރާ ލިންކް ސާވްގެ މައި ޝޯ ރޫމް މިހާރު ހުޅުވާފައި ހުންނަނީ ހަމައެކަނި ދުވާލުގެ ވަގުތުގައެވެ. ނަމަވެސް ހުސްނުހީނާ މަގުގައި މިިދިޔަ އަހަރު ހުޅުވި ފިހާރަ މެންދުރު އެކަކުން ރެގަނޑު ދިހަޔަކަށް ހުޅުވާފައި ހުރެއެވެ.

ލިންކް ސާވް އިން ބުނީ އެ ކުންފުނީގެ މައި ޝޯ ރޫމް ރޭ ގަނޑު ހުޅުވާފައި ބަހައްޓަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

މާދަމާ ރެއިން ފެށިގެން ލިންކްސާވްގެ މައި ޝޯރޫމް ހުޅުވިފައި ހުންނާނެ ގަޑިތަކަކީ، އާދިއްތައިން ބުރާސްފައްޗަށް، ހެނދުނު 8:30ން 12:00އަށް، މެންދުރުފަހު 1:15 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހޮނިހިރު ދުވަހު، ހެނދުނު 10:00 އިން 12:00އަށް، މެންދުރުފަހު 1:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 ހުޅުވާފައި ހުންނާނެއެވެ. ހުކުރު ދުވަހު ޝޯ ރޫމް ބަންދުވާނެ ކަމަށާއި އަދި ކޮންމެ ނަމާދުވަގުތެއްގައި ވެސް 20 މިނެޓް ބަންދުވާނެ ކަމަށް ލިންކް ސާވް އިން ބުނެއެވެ.

ލިންކްސާވުން ދަނީ ވިޔަފާރިއަށް ތަފާތު ކުރިއެރުންތައް ގެންނަމުންނެވެ. އެގޮތުން މި މަހުގެ 10ވަނަ ދުވަހު ލިންކް ގެޖެޓްސްގެ ނަމުގައި ދިވެހިންނަށް ސްމާރޓް ގެޖެޓްސް ލިންކްސާރވުން ވަނީ ތަޢާރަފްކޮށްފައެވެ. މިއާއި އެކު ވިސިޓް އެންޑް ވިންގެ ނަމުގައި ވެސް އެ ކުންފުނިން ދަނީ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް