އިގުތިސާދީ ގޮތުން ދަތި އުރުދުންއަށް ޖަރުމަނުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އަދި އަދި ޖަރުމަންގެ ޗާންސެލާ އެންޖަލާ މާކެލްއާ އެކު އައްމާންގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން---

އިގުތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ އުރުުދުންއަށް ޖަރުމަނުން 100 މިލިއަން ޑޯލަރުގެ ލޯނެއް ދީފި އެވެ.

މިއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އުރުދުންއަށް ދީފައިވާ ލަފާތަކަށް އަމަލުކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އުުރުދުންއަށް ދިން ލޯނެކެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އަދި އަދި ޖަރުމަންގެ ޗާންސެލާ އެންޖަލާ މާކެލްއާ އެކު އައްމާންގައި ބޭއްވި ބައްދަލުވުމަށް ފަހު މާކެލް ވިދާޅުވީ މިއީ އުރުދުންއަށް އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއް ކަމަށާއި އެހެންނަމަވެސް އައިއެމްއެފްގެ ލަފާތަކަށް ރިއާޔަތްކޮށް އަމަލުކޮށްފި ނަމަ އޭގެ ފައިދާ ފަހުން ފެންނާނެ ކަމަށެވެ.

އުރުދުންގެ އިގްތިސާދު އަރައިގަތުމަށް އެހީވުމުގެ ގޮތުން މީގެ ހަފުތާއެއްހާ ދުވަސްކުރުން ސައުދީއަރަބިއްޔާ، ކުވޭތު އަދި ޔޫއޭއީން ވެސް އުރުދުންއަށް 2.5 ބިލިއަން ޑޮލަރު ދޭނެކަން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން ގަތަރުން ވެސް 500 މިލިއަން ޑޮލަރު އުރުދުންގައި އިންވެސްޓް ކުރަން ވަނީ ނިންމައިފަ އެވެ.

އުރުދުންގެ ޓެކްސްގެ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ހާނީ މުލްކީ އެންމެ ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އުރުދުންއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން ކުރިން ވަނީ ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގެ އައު ސިޔާސަތެއް ތައާރަފްކުރަން ނިންމި އެވެ. އެ ސިޔާސަތުތައް ބިނާވެފައި ވަނީ ޚަރަދުތައް ކުޑަކުރުމާއި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަން އިތުރުކުރުމަށާއި ބޭރުގެ އެހީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މައްޗަށެވެ.

comment ކޮމެންޓް