ފީއަލީ ޒުވާނުންގެ ގުޅުމުން ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފި

ފީއަލީގައި ބޭއްވި ދީނީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުން ----

ރަމަޟާން މަހާ ދިމާކޮށް ފ. ފީއަލި ޒުވާނުންގެ ގުޅުމުން ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފި އެވެ.

ފީއަލީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ޖަމްއިއްޔާ އިން ވަނީ ގުރުއާން މުބާރާތެއްގެ އިތުރުން މަދަހަ މުބާރާތަކާއި ދީނީ ސުވާލު މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ގުރުއާން މުބާރާތުގެ އެއް ވަނަ ހޯދި އާއިޝަތު ޔާނާ އަހުމަދަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު މަދަހަ މުބާރާތުން އެއް ވަނަ ހޯދި ރިވާ ޖަލީލް އަށް ވަނީ އެއް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ދީނީ ސުވާލު މުބާރާތުގެ އެއްވަނަ ހޯދި ރިފްގާ އިދުރީސް އަށް ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ފީއަލީ ޒުވާނުންގެ ގުޅުމުންް ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތަކީ ނާޒުނާމަންޒިލް އިބްރާހިމް ޒުހާރު ސްޕޮންސާ ކޮށްފައިވާ މުބާރާތެއް ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ.

ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ ދީނީ މުބާރާތްތަކަކީ ރަށުގެ ރައްޔިތުންގެ ހިތުގައި ދީނީ ރޫހު އާލާ ކުރުމަށް ބޭއްވި މުބާރާތްތަކެއް ކަމަށާއި މުބާރާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީންގެ އެހީ އާއެކު ކަމަށް ފީއަލީ ޒުވާނުންގެ ގުޅުމުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް