ދުނިޔޭގެ އެއްވަނަ ރެސްޓޯރެންޓު އިޓަލީގައި

ދުނިޔޭގެ އެއްވަނަ ރެސްޓޯރެންޓުގެ މަގާމު އިޓަލީ ވިލާތުގެ ރެސްޓޯރެންޓެއް ކަމަށްވާ އޮސްޓީރިއާ ފްރޭންސެސްކާނާ އަށް ލިބިއްޖެއެވެ.

އޮސްޓީރިއާއަށް ދުނިޔޭގެ އެއްވަނަ ރިސޯޓުގެ މަގާމު ލިބުނީ މިމަހުގެ 19 ވަނަ ދުވަހު ސްޕެއިންގައި ބޭއްވި ވޯލްޑްސް ބެސްޓް 50 ރެސްޓޯރެންޓްސް އެވޯޑްސް ހަފްލާގައެވެ.

އޮސްޓީރިއާ އަކީ މިދިޔަ އަަހަރު ދުނިޔޭގެ ދެވަނައަށް އެންމެ ރަނގަޅު ރެސްޓޯރެންޓެވެ. އެ ރެސްޓޯރެންޓު ވަނީ 2016 ވަނަ އަހަރު ވެސް އެއްވަނަ ރެސްޓޯރެންޓުގެ މަގާމު ހޯދައިފައެވެ.

ރެސްޓޯރެންޓުތަކުގެ ވަނަތައް ތަރުތީބުކޮށްފައިވަނީ 1000 އަށް ވުރެ އިންޑަސްޓްރީ އެކްސްޕާޓުންގެ ވޯޓާއެކުއެވެ.

ފްރެންސެސްކާނާ އަކީ އިޓަލީގެ އެންމެ އިހުގެ ރަހަތައް މިޒަމާނަށް ފައްތައިގެން ސާވް ކުރާ ރެސްޓޯރެންޓެކެވެ. 1995 ވަނަ އަހަރު ހުޅުވި މި ރެސްޓޯރެންޓަކީ ތިން ތަރީގެ ރެސްޓޯރެންޓެކެވެ.

ރެސްޓޯރެންޓުގެ ފައުންޑަރު މަސިމޯ ބޮއްޓޫރާ ބުނީ އެންމެ މޮޅު ރެސްޓޯރެންޓުގެ އެވޯޑު ލިބުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"އޫޕްސް އައި ޑްރޮޕްޑް ދަ ޓާޓް"

އެ ރެސްޓޯރެންޓުގެ "އޫޕްސް އައި ޑްރޮޕްޑް ދަ ޓާޓް" އަކީ ރެސްޓޯރެންޓަށް ދާ މީހުންގެ މެދުގައި އެންމެ މަގުބޫލު ޑިޝްއެވެ.

އެންމެ މަގުބޫލު ރެސްޓޯރެންޓުގެ ލިސްޓުގެ ދެވަނަ ލިބުނީ ސްޕެއިންގެ އެލް ސެލާ ޑި ކެން ރޯކާ އަށެވެ. ތިންވަނަ ލިބުނީ ފްރާންސްގެ މިރާޒޫރް އަށެވެ.

comment ކޮމެންޓް