އދ. އަތޮޅު ބޭރުން ފެނުނު ޑިންގީގައި ތިބީ ތިން ބިދޭސީން، އެކަކުގެ ހާލު ދެރަ!

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

އދ. އަތޮޅު ބޭރުން ފެނުނު ޑިންގީގައި ތިބީ ތިން ބިދޭސީން ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ދެރަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އދ. އަތޮޅުގެެ 60 ނޯޓިކަލް މޭލުން ބޭރުން ދެ މީހަކު ތިބި ޑިންގީއެއް ފެނިގެން އއ. ރަސްދޫ "ރަންދުވެލި" ނަމަކަށް ކިޔާ ދޯންޏަކުންް މިއަދު މެންދުރު އެމްއެންޑީއެފަށް ރިޕޯޓްކުރުމާއެކު، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ފާސްޓަރ އިންޓަސެޕްޓަރ ކްރާފްޓް، ވެލާނާ އެ ސަރަހަައްދަށް ގޮސް އޭގައި ތިބި މީހުން ނެގި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުމަތީގައި ގިނަ ދުވަސްތަކެއްވެ، ކާބޯތަކެއްޗާއި ފެނަށް ޖެހުމުގެ ސަބަބުން އެކަކުގެ ހާލު ދެރަ ކަމަށާއި އެހެންނަމަވެސް ދެން ތިބި ދެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރުފަހު 02:04 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީގައި ތިބި މީހުން ކޯސްޓްގާޑަށް ނެގީ މިރޭ ހަތެއް ޖެހިއިރު ކަމަށެވެ. އަދި އެ ދެ މީހުން ގޮވައިގެން މާލެ ދިއުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ މީހުން ފުލުހުންނާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރާނީ ފުލުހުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ޑިންގީގައި ތިބީ ކޮން ގައުމެއްގެ ބައެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް