އަރިއާނާ ގްރާންޑް، ޕީޑް ޑޭވިޑްސަންއާ އެންގޭޖް ވެއްޖެ

އާރިއާނާ އަދި ޕީޓް---

ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑް އަދި "ސަޓަޑޭ ނައިޓް ލައިވް"ގެ ޕާފޯމާ ޕީޓް ޑޭވިޑްސަން އެންގޭޖް ވެއްޖެއެވެ.

އެދެމީހުންގެ ގުޅުން ޔަގީންކޮށްދީފައިވަނީ "ޓުނައިޓް ޝޯ ސްޓޭރިން ޖިމީ ފެލޮން" ގައި ގެސްޓެއްގެ ގޮތުގައި ބައިވެރިވެ ޕީޓް އެވެ.

އާރިއާނާ އާ ޕީޓް ރައްޓެހިވެގެން އުޅޭތާ އެހާ ގިނަ ދުވަހެއް އަދި ނުވެއެވެ. އެދެމީހުން އެންގޭޖް ވެއްޖެކަމަށް ވާހަކަ ދެކެވޭތާ ހަފްތާއެއް ވަނީ ވެފައެވެ.

އާރިއާނާ އަދި ޕިޓް ވެސް ދަނީ ސޯޝަލް މީޑިއާ ގައި ދެމީހުން އެކީ ނަގާފައިވާ ފޮޓޯތައް ޝެއާ ކުރަމުންނެވެ.

އާރިއާނާ، އޭނާގެ ކުރީގެ ލޯބިވެރިޔާ މެކް މިލާ އާ ރުޅިވީ މީގެ ދެ މަސް ވަރު ކުރިންނެވެ. ރުޅިވުމަށްފަހު އާރިއާނާ ބުނެފައިވަނީ އެއީ "ޓޮކްސިކްް" ގުޅުމެއް ކަމަށެވެ.

comment ކޮމެންޓް