މުުވައްޒަފަކާއެކު ނަހަމަ ގުޅުމެއް ބޭއްވި އިންޓެލްގެ ސީއީއޯ އިސްތިއުފާ ދީފި

މުވައްޒަފަކާއެކު ނަހަމަ ގުޅުމެއް ބޭއްވި އިންޓެލްގެ ސީއީއޯ ބްރާޔަން ކްރޭނިޗް އިސްތިއުފާ ދީފިއެވެ.

ބްރާޔަން އިސްތިއުފާދީފައި މިވަނީ އިންޓެލްގެ އެތެރޭގެ ގަވައިދުގައި ބުނާ "މެނޭޖީރިއަލް ލެވެލްގެ އިސް މީހަކު މުވައްޒަފަކާއެކު ބާއްވައިގެން ނުވާނެ ފަދަ ގުޅުމެއް" ބޭއްވިކަން އެ ކުންފުނީގެ އެތެރޭގެ ތަހުގީގުން ހާމަވެފައި ވަނިކޮށެވެ.

މެނޭޖީރިއަލް ލެވެލްގެ މީހެއްގެ ފަރާތުން މުވައްޒަފަކަށް އުނދަގުލެއް ކުރިމަތިވެއްޖެނަމަ އެކަން ރިޕޯޓުކުރަންވެސް ކުންފުނީގެ މުވައްޒަފުންނަށް އޮންނަނީ އަންގައިފައެވެ.

އޭނާ އިސްތިއުފާ ދެއްވުމުން ދެން އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ކުރިން ސީއެފްއޯގެ މަގާމުގައި ހުރި ރޮބާޓް ސްވޯންއެވެ.

އިންޓެލްގެ ބޯޑުން ވަނީ ބްރާޔަންގެ އިސްތިއުފާ ގަބޫލު ކޮށްފައެވެ. ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓަށް ހުރިހާ މުވައްޒަފުންވެސް އިހުތިރާމު ކުރަން ބޯޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޗިޕް އުފެއްދުމުގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި، އިންޓެލްއާ ބްރާޔަން ގުޅުނީ 1982 ވަނަ އަހަރުއެވެ. އިންޖިނިއަރެއްގެ ވަޒީފާ އިން ސީއީއޯ އެއްގެ މަގާމަށް އައްޔަނު ކުރީ 2013 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކުންފުނީގެ ސީއޯއޯގެ މަގާމުވެސް ފުރައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު