ޑައިރެކްޓަރު ރާޖް ކުމާރު ކައިވެނިކޮށްފި

ޑައިރެކްޓަރު ރާޖް އަދި އޭނާގެ އަންހެނުން މައިރާ---

ކާމިޔާބު ފިލްމު "ރެއިޑް" ޑައިރެކްޓްކުރި ރާޖް ކުމާރު ގުޕްތާ 42، ކައިވެނިކޮށްފިއެވެ.

ރާޖް ކައިވެނިކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ މައިރާ ކާނާ އާއެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ރާޖާއި މައިރާ ކައިވެނިކުރީ އިންޑިއާގެ ސިޓީ ރަންޗީގައެވެ. އާއިލާގެ މީހުންގެ އިތުރުން ގާތް ރަހުމަތްތެރިން ކައިވެނީގެ ހަފްލާގައި ވަނީ ބައިވެރިވެފައެވެ.

ކައިވެންޏަށް ފަހު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުގައި ރާޖް ބުނީ މައިރާ އާ އެކީ ދިރިއުޅުމަކީ އަބަދުވެސް ދެކުނު ހުވަފެނެއް ކަމަށާއި ކައިވެނި ކުރެވުމުން އުފާކުރާ ކަމަށެވެ.

މައިރާ ވަނީ ރާޖް ޑައިރެކްޓްކޮށް ނެރުނު ފިލްމު 'ނޯ ވަން ކިލްޑް ޖެސިކާ' ގައި ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް