ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ތެޔޮ އަޅަށް އެފްއެސްއެމް އެއް ނަންބަރު ޝެޑް ހާއްސަކޮށްފި

ސްޓެލްކޯ ކައިރީގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް -- ސަން ފައިލް ފޮޓޯ

އެފްއެސްއެމްގެ އެއްނަބަރު ޝެޑް، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ތެޔޮ އަޅުމަށް ހާއްސަކޮށްފިއެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯއިންބުނީ، މާދަމާއިން ފެށިގެން އެފްއެސްއެމްއިން ތެޔޮ އަޅައިދިނުމުގެ ހިދުމަތްދޭ ޝެޑް ތަކުގެ ތެރެއިން ސްޓެލްކޯ ކައިރީގައިވާ އެއް ނަންބަރު ޝެޑުން ތޮޔޮއެޅޭނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ކަމަށެވެ. އަދި އައިޖީއެމްއެޗް އާއި ކާނިވާ ސަރަހައްދު ކައިރީގައިވާ ޝެޑް ހާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ނޫން އުޅަނދުތަކަށް ތެޔޮ އެޅުމަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ، އެގޮތަށް އެބަދަލު ގެންނަށްޖެހުނީ މާލޭގެ ރިންގް ރޯޑް ހެދުމުގެ މަސައްކަތް ކުރަމުންދާތީވެ އާންމުންނަށް ލުއި ފަސޭހަކޮށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ދިނުމަށްކަމަށެވެ.

އެފްއެސްއެމް އިން މާލޭގައި ވެހިކަލްތަކަށް ތެޔޮ އެޅުމުގެ ހިދުމަތްދޭ ތިން ޝެޑެއް ހުރެއެވެ. އެއީ ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑާއި އައިޖީއެމްއެޗް ކައިރީގައި ހުންނަ ޝެޑްގެ އިތުރުން ކާނިވާ ކައިރީގައި ހުންނަ ޝެޑެވެ.

comment ކޮމެންޓް