ދަގަނޑޭއަކީ ރާއްޖެ ދުތް އެންމެ މޮޅު ކުޅުންތެރިއާއެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ނިއުއަށް ކުޅެ، ދަގަނޑޭ ވަނީ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޕީޑީއާރްއެމްއަށްވެސް ކުޅުމަށްފަހު ދަގަނޑޭ އެނބުރި ނިއުއާ ގުޅުނީ މިދިޔަ އަހަރު ޕްރިމިއާ ލީގަށެވެ. އޭނާ މިދިޔަ ސީޒަންގެ ކުރީކޮޅުގައި ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އެނބުރި އައިފަހުން އަންނަނީ ކުރީގެ ފޯމުގައި ކުޅެމުންނެވެ. ހާއްސަކޮށް މި ސީޒަންގެ މިހާތަނަށް ނިއުއާއެކު އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ނިއުއަށް މާލޭ ލީގު ކާމިޔާބުކޮށް، އެޓީމަށް ކުޅެމުން ދިޔަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޖޯޖު ގޯޓޯއާއި ކަންޑޭލާ ޓީމުގައި މަޑުކުރަން ނިންމާފައިވާ އިރު، ޓީމުގެ ޑިފެންސުން މުހިއްމު ކުޅުމެއް ދެއްކި ހާރޫން އަމީރީ ވަނީ ޓީމަށް ނޭނގި އަނބުރާ ގޮސްފައެވެ. އޭނާ ދަމުން ބުނެފައި ވަނީ ނިއުއިން މުސާރަ ނުދީވާ ކަމަށާއި، އެ މައްސަލަ ފީފާއަށް ހުށަހަޅާނެ ކަމަށެވެ.

އަމީރީގެ ވާހަކައާ ގުޅިގެން ނިއުއިން ބުނެފައި ވަނީ އަމީރީ ހަދަނީ ދޮގު ކަމަށާއި، ކްލަބަށް ފިލައިގެން ދިޔުމުން އަމީރީއާ މެދު ފިޔަވަޅު އަޅާ، އެ މައްސަލައިގައި ފީފާއަށް ދާނެ ކަމަށެވެ.