"3 އީޑިއަޓްސް"ގެ ސީކުއަލްއެއް ހަދަނީ

ފިލްމުގެ ޕޯސްޓަރެއް---

އާމިރު ޚާން ލީޑު ރޯލުން ފެނިގެންދިޔަ "ބްލޮގްބަސްޓާ" ފިލްމު "3 އީޑިއަޓްސް"ގެ ސީކުއަލް އެއް ހަދަން ނިންމައިފިއެވެ.

ރާޖްކުމާރް ހީރާނީ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމުގެ ދެވަނަ ބައެއް ހަދަން އުޅޭ ކަމަށް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމު އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ދީފައެއް ނުވެއެވެ. 2009 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމުގެ ބައެއް ތަރިންނަކީ އާމިރްގެ އިތުރުން އާރް މަދަވަން އާއި ޝަރްމަން ޖޯޝީގެ އިތުރުން ކަރީނާ ކަޕޫރެވެ.

ޖުމްލަ 55 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 459.96 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

comment ކޮމެންޓް