މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަން ލޯންޗުކޯށްފި

މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕީޕަލް އެޑިޝަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގައި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޚިދުމަތްތައް ކޮށްދީފައިވާ ވަކިވަކި ފަރުދުން ފާހަގަކޮށްދޭ، ޕީޕަލްސް އެޑިޝަން އެވޯޑްސް ޚާއްސަ ހަފްލާއަކާ އެކު ލޯންޗުކޮށްފިއެވެ.

މަޓާޓޯއިންދޭ ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަން 2018 އިއްޔެ ލޯންޗު ކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތީރަށް ރިސޯޓުގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕީޕަލް އެޑިޝަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓްރެވަލް އެވޯޑްސްގެ ކޮމްޕޯނެންޓެއްގެ ގޮތުގައި ޕީޕަލްސް އެޑިޝަން އެވޯޑްސް އެންމެ ފުރަތަމަ ދިނީ މިދިޔަ އަހަރު އެވެ. އެ އެވޯޑްސްގައި ފަތުރުވެރިކަމުގެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކެއްގެ އަގު ވަޒަންކޮށް، އެވޯޑު ދީފައިވެ އެވެ.

މިދިޔަ އަހަރު 10 ފަރާތެއް ފާހަގަކޮށް، އެވޯޑު ދީފައިވެ އެވެ. އެހެން ނަމަވެސް މި އަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ ފަސް ފަރާތަކަށެވެ. އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ސެކްޓަރތަކުގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕީޕަލް އެޑިޝަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރީތިރަށް ރިސޯޓުގައި ޕީޕަލް އެޑިޝަން ލޯންޗު ކުރުމަށްފަހު ވާހަކަދައްކަވަމުން ގިޔާސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުން ހުރި ކޮށްނމެ ކަމެއްގައި މަޓާޓޯއިން ބައިވެރިވުން އޮންނާނެ ކަމަށާއި އެގޮތުން ޓްރެވަލް އެވޯޯޑުގެ ދަށުންދޭ ޕީޕަލްސް އެޑިޝަންގެ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕީޕަލް އެޑިޝަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޓާޓޯ ޓްރެވަލް އެވޯޑްސް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި، މަޓާޓޯއިން ވަނީ ޔޫއެންޑީޕީ އާއި އެކު ސަސްޓެއިނަބަލް ޑިވެލޮޕްމެންޓްގައި ދެފަރަރާތުން އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ޝޮކޯ ނޯޑާއެވެ. އަދި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްއެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕީޕަލް އެޑިޝަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގިޔާސް ވިދާޅުވީ، އެ އެއްބަސްވުމަކީ ރާއްޖޭގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމުގައި ދެ ފަރާތުން އެއްބާރުން ދިނުމަށްވެވުނު އެއްބަސްވުމެއް ކަމަށެވެ.

comment ކޮމެންޓް