ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން ރީޓެއިލް މާކެޓަށް ވަދެއްޖެ!

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން މާލޭގައި ހުޅުވި ރީޓެއިލް ފިހާރަ "ޔުނައިޓެޑް ޝޮޕް" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓު ސަޕްލައި މާކެޓުގައި ވިޔަފާރިކުރަމުން އައި ޔުނައިޓެޑް ފުޑް ސަޕްލަޔާސް (ޔޫއެފްއެސް)އިން ރާއްޖޭގެ ރީޓެއިލް މާކެޓަށް ވަދެ، ރީޓެއިލް ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ޔުނައިޓެޑް ޝޮޕްގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނަނީ ހެންވޭރު ހިތަށްފިނިވާމަގުގައި، ސަލަތައި ރެސްޓޯރަންޓް ކައިރީގައެވެ.

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން މާލޭގައި ހުޅުވި ރީޓެއިލް ފިހާރަ "ޔުނައިޓެޑް ޝޮޕް" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫއެފްއެސްއިން ބުނި ގޮތުގައި، އެ ކުންފުނިން އާންމުކޮށް އެތެރެކޮށް މާކެޓުކުރާ ތަކެތީގެ އިތުރުން، ތުރުކީންނާއި ފްރާންސުން އެތެރެކުރާ ތަރުކާރީއާއި މޭވާއާއި ހާބްސްގެ ބާވަތްތައް، އަލަށް ހުޅުވި ފިހާރައިން ލިބޭނެއެވެ. އަދި ހާބްސްގެ ތެރޭގައި ހިމެނޭ ބެސިލް، ރޯޒްމޭރީ، ޓައިމް، ޓެރަގޯން، ޑިލް، ޕާސްލީ އަދި ކޮރިއެންޑާ ފަދަ ތަކެތި ތަޒާކޮށް ގިނަ ދުވަހު ގެންގުޅުމަށް ފަހިކޮށްދިނުމަށްޓަކައި ވިއްކަން ހުންނާނީ އެތަކެތި އިންދާފައި ހުންނަ ޕޮޓާ އެކުގައެވެ.

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން މާލޭގައި ހުޅުވި ރީޓެއިލް ފިހާރަ "ޔުނައިޓެޑް ޝޮޕް" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ޑޫ ބްރޭންޑުގެ ކުކުޅާއި ޓާކީ، ފެންވަރު ރަނގަޅުކޮށް ބަންދުކޮށްފައިވާ ކޯލްޑް ކަޓް ބީފް ސަލާމީ، ސްލައިސްޑް އޮލިވް މޮޓަޑެލާ، ސްލައިސްޑް ޓާކީ ހޭމް އަދި ޓާކީ ޕެޕަރޯނީ ފަދަ ތަކެއްތި އެތަނުން ލިބޭނެއެވެ. އަދި ބްރީ، ގޫޑާ، ފިލަޑެލްފިއާ އަދި ބަފަލޯ މޮރަރެލާ ފަދަ ބާވަތްތަކުގެ ޗީޒްވެސް ހުންނާނެއެވެ.

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން މާލޭގައި ހުޅުވި ރީޓެއިލް ފިހާރަ "ޔުނައިޓެޑް ޝޮޕް" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން ބުނީ ޔުނައިޓެޑް ޝޮޕްގެ ހަތަރުބައި ކުޅަ އެއްބައި ބޭނުންކޮށްފައިވަނީ އެކްސްޕީރިއަންސް ޒޯނެއްގެ ގޮތުގައި، ކަސްޓަމަރުންނަށް ތަކެތީގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ފަދައިން، ތާޒާ ސޭންޑްޗިވު، ސްމޫތީސް، ސެލެޑު އަދި ހޫނު ޕާނާއި ކްރޮޒޯންސް ފަދަ ތަކެތި އަބަދުވެސް ލިބެން ހުންނަ ގޮތަށް ކަމަށެވެ.

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން މާލޭގައި ހުޅުވި ރީޓެއިލް ފިހާރަ "ޔުނައިޓެޑް ޝޮޕް" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން ބުނީ ޔުނައިޓެޑް ޝޮޕުގެ ބިންގަލުގެ މައްޗަށް ބިނާކޮށް، ކައިރި މުސްތަގުބަލުގައި ފުރިހަމަ ސުޕަމާކެޓެއްގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން އަމާޒު ހިފާފައި ވާކަމަށެވެ.

comment ކޮމެންޓް