އެންމެ ކަމުނުދާ ބޮލީވުޑް އެކްޓަރަކީ ސަލްމާން: ގޫގުލް

އެންމެ ކަމުނުދާ ބޮލީވުޑް އެކްޓަރަކީ، ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާން ކަމަށް ގޫގުލް އިން ބުނެފި އެވެ.

ގޫގުލްގައި އެންމެ ކަމުނުދާ ބޮލީވުޑް އެކްޓަރު ހޯދުމަށް ޖެހުމުން ދައްކަނީ ސަލްމާންގެ ޕްރޮފައިލް އެވެ. މިހެން ވެފައި ވަނީ ސަލްމާންގެ އެންމެ ފަހުގެ ރިލީޒް "ރޭސް 3" އަށްފަހު އެވެ.

"ރޭސް 3" އަށް ބޮކްސްއޮފީހުގައި ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، ކްރިޓީކުންނާއި ބެލުންތެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެންމެ ކަމުނުދާ އެކްޓަރަކަށް ސަލްމާންގެ ނަން އައުމާ އެކު ގިނަ ބަޔަކަށް އެކަން ވަނީ މަޖާ ކަމަކަށް ވެފަ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަމަށް ޖޯކު ޖަހަމުންނެވެ.

އަދި މިހާ ދުވަސް ވަންދެން މީހަކަށް ބުނަން ނުކެރުނު ވާހަކައެއް ގޫގުލް އިން އެންމެ ފަހުން ބުނެފައިވާ ކަމަށާއި ސަލްމާން އަކީ ހަގީގަތުގައި ވެސް ބޮލީވުޑުގައި ހުރި އެންމެ ކަމުނުދާ އެކްޓަރު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަދި ސަލްމާން އަކީ އެންމެ ކަމުނުދާ އެކްޓަރު ކަމަށް ބުނަންވީ މިއަދު ނޫން ކަމަށާއި އެ "ލަގަބު" އޭނާއަށް ދޭން ލަސްވެއްޖެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ސަލްމާން ދިފާއުކޮށް ވެސް ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ. ފާއިތުވި 21 އަހަރުގައި 12 ބްލޮކްބަސްޓާ ފިލްމު ގެނެސްދީފައިވާ އެކްޓަރެއް އެންމެ ކަމުނުދާ އެކްޓަރަށް ނުވާނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް