އައްޑޫ މީހުން އަތުން އެމްޑީޕީ ސަރުކާރުގައިނެގި ގޯތިތައް އަލުން ހަވާލުކުރަނީ

އައްޑޫ ސިޓީ ހިތަދޫގެ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު، -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސ. ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ދައުލަތައް ނެގި ގޯތިތައް އެ ގޯތިތަކުގެ ވެރިފަރާތްތަކާއި ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ސަރުކާރުގައި އެ ގޯތިތައް ނެގީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރި އީސީސީގެ މަޝްރުއުއާ ގުޅިގެންނެވެ. އެ ގޯތިތައް ނެގީ ބަދަލު ދޭ ގޮތަށެވެ. އަދި އީސީސީ ހިމެނޭ ސަރަހައްދަކީ ފަޅުރަށެއްގެ ގޮތުގައިވެސް އޭރު ކަނޑައެޅިއެވެ.

ހައުސިން މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސީޓީގެ ރައްޔިތުންގެ އަތުން ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވާފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން އެކަން ކުރަން ފަށާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އީސީސީގައި މިހާރު ތަރައްގީ ކުރަމުން އަންނަނީ 100 އެނދުގެ ހޮސްޕިޓަލެކެވެ.

comment ކޮމެންޓް