ކެނަލަކުން ދަގަތްފާނު ހޯދަން އުޅުނު ދެބަފަޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެބަފައިން މަރުވެފައި އޮއްވާ ފެނުނު ކެނަލް--

އިނގިރޭސިވިލާތުގެ ހަޑާސްފީލްޑްގައި ކެނަލަކުން ދަގަތްފަނު ހޯދަންް އުޅުނު ދެބަފައިން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ 43 އަހަރުގެ ފިރިހެނަކާއި އަދި އޭނާގެ 19 އަަހަރުގެ ފިރިހެން ދަރިފުޅެވެ.

އާންމުންގެ މީހަކަށް އެ ސަރަހައްދުން ދެ ބަފައިން ގެންގުޅުނު މޮބައިލް ފޯނަކާއި ކެމެރާއަކާއި އަދި ކާރުގެ ތަޅުދަނޑި ފެނިގެން ރިޕޯޓްކުރުުމުން ފުލުހުން އެ ސަަރަހައްދު ބަލަމުން ދަނިކޮށް ވަނީ ދެމީހުންގެ ހަށިގަނޑު ފެނިފަ އެވެ.

ކާރުގެ ތަޅުދަނޑި ބޭނުންކޮށްގެން ފުލުހުން ވަނީ އެ ދެބަފައިން ގެންގުޅުން ކާރު ހޯދައިފަ އެވެ. އަދި ކާރުގެ ލައިސަންސް ނަންބަރުން ފުލުހުން ވަނީ އެ މީހުން ދިރިއުޅެމުން ދިޔަ އެޑްރެސް ފަހުން ހޯދައިފަ އެވެ.

ފުލުހުން ބުނީ އެ ދެބަފައިން މަރުވީ ކިހިނެއް ކަމެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

''ވެދާނެ އެކަކު ކެނަލް ތެރެއަށް ވެއްޓިގެން އަނެކަކު އެހީވާން އުޅެނިކޮށް ވެއްޓިގެން މަރުވީ ކަމަށް ވެސް، ނަމަވެސް އަދި ނޭނގޭ ސީދާ ސަބަބެއް ބުނާކަށް." ފުލުހުން ބުންޏެވެ.

ކެނަލްތަކާއި ކޯރުތަކުން ދަގަތްފާނު ހޯދުން އިނގިރޭސިވިލާތުގައި ވަނީ ވަރަށް ބޮޑަށް އާންމުވާން ފަށައިފަ އެވެ. މިމަހު ކުރީ ކޮޅު ވެސް އިނގިރޭސިވިލާތުގެ ގުލޮސްޓިޝެއާގައި ދަގަތްފާނު ހޯދަން އުޅުނު މީހަކަށް ވަނީ ރަންތަކެއް ހުރި ތިޖޫރީއެއް ވެސް ފެނިފަ އެވެ.

މަސްދަރު: އިންޑިޕެންޑެންޓް

comment ކޮމެންޓް