ގެރީގެ ފަރާތުން ޖެހޭ "ކައު ޕޮކްސް" ޖެހިފައިވާ ކުއްޖަކު އިނގިރޭސިވިލާތުން ފެނިއްޖެ

ގިނަ އަހަރުތަކެއް ވަންދެން ނުފެނިވާ ބައްޔެއްކަމަށްވާ ކައު ޕޮކްސް ޖެހިފައިވާ ކުއްޖަކު އިނގިރޭސި ވިލާތުގެ ވޭލްސްއިން ފެނިއްޖެއެވެ.

މި ބަލި ޖެހިފައިވާ މީހެއް ނުފެންނަތާ 10 ވަރަކަށް އަހަރު ވެފައިވާއިރު މި ކުއްޖާއަށް ކައު ޕޮކްސް ޖެހުނީ ގެރިއަށް ކާންދިނުމުން ކަމަށް ވެއެވެ. ކައު ޕޮކްސް އަކީ 18 ވަނަ ގަރުނުގައި އާންމު ބައްޔެކެވެ. ޚާއްސަކޮށް ގެރިން ކިރު ފެލުމުގެ ކަންތައް އަތުން ކުރި ޒަމާނުގައި މިލްކިން މެއިޑްސްގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ ފަރާތުން މި ބަލި ފެނިފައިވެއެވެ.

މި ބަލިޖެހުމުން އަތާއި ފައިގައި ރަތް ފިތްތަކެއް ނަގައިފައި ހުރެއެވެ. މިއީ ގައިން ގަޔަސް އަރާ ބައްޔެއް ނޫންކަމަށްވެއެވެ. ނަމަވެސް ގެރީގެ ފަރާތުން އިންސާނުންނަށް ޖެހޭ މި ބަލީގެ ކޭހެއް ނުފެންނަތާ 10-15 އަހަރު ވަނީ ވެފައެވެ.

ދަނޑުވެރިކަމާއި ގެރިން ކިރުފެލުމުގެ މަސައްކަތް މެޝިނަރައިޒް ކުރި ފަހުން މި ބަލި ފެންނަ މިންވަރު ވަނީ ވަރަށް ދަށްވެފައެވެ. މި ބަލީގައި ނަގާ ފިތްތަކުގެ ލަކުނުތައް ފިލާން ވަރަށް ގިނަ ދުވަސް ނަގާނެއެވެ.

މި ބަލިން ރައްކާތެރިވުމަށް އާންމުކޮށް ދެނީ ސްމޯލް ޕޮކްސް އިން ރައްކާތެރިވުމަށް ދޭ ވެކްސިން އެވެ.

comment ކޮމެންޓް