އެމްޓީވީ އެވޯޑްސް: އެންމެ މޮޅު ފިލްމަކަށް ބްލެކް ޕެންތާ

އިއްޔެ ބޭއްވި އެމްޓީވީ އެވޯޑްސްގެ ބެސްޓް ފިލްމުގެ އެވޯޑު ބްލެކް ޕެންތާ އުފުލާލައިފިއެވެ.

އެވެންޖާސް އިންފިނިޓީ ވާ، އިޓް، ވޮންޑާ ވުމަން އާ ވާދަކޮށްގެން ބްލެކް ޕެންތާ މި އެވޯޑު ގެންދިޔަ އިރު އެމްޓީވީ އެވޯޑްސްގައި މިއަހަރު ބްލެކް ޕެންތާ އިން ވަނީ ގިނަ އެވޯޑުތަކެއް ގެންގޮސްފައެވެ.

ބްލެކް ޕެންތާގެ ލީޑް އެކްޓަރު، ޗެޑްވިކް ބޯސްމޭން (ޗީޓައްލާ)އަށް ވަނީ މި އެވޯޑްސްގެ ބެސްޓް ހީރޯގެ އެވޯޑްވެސް ލިބިފއެވެ. އޭނާއަށް ވަނީ ބެސްޓް ޕާފޯމަންސްއިން އަ މޫވީގެ އެވޯޑުވެސް ލިބިފައވެ. ބެސްޓް ވިލަންގެ އެވޯޑު ލިބުނީ ބްލެކް ޕެންތާއިން މައިކަލް ބީ ޖޯޑަން އަށެވެ.

އެމްޓީވީ އެވޯޑްސް ގައި ބެސްޓް ޝޯގެ އެވޯޑް ލިބުނީ ނެޓްފްލިކްސްގެ ޝޯ ސްޓްރޭންޖާ ތިންގްސް އަށެވެ. އެ ސީރީޒަށް މި އެވޯޑު ލިބުނީ ގޭމް އޮފް ތްރޯންސް އާއި 13 ރީޒަންސް ވައި ފަދަ ސީރީޒް ތަކާ ވާދަކޮށްގެންނެވެ. ބެސްޓް ޕާފޯމަންސް އިން އަ ޝޯގެ އެވޯޑު ލިބުނީ ސްޓްރޭންޖާ ތިންގްް އިން މިލީ ބޮބީ ބްރައުން އަށެވެ.

މި އެވޯޑްސްގައި ބެސްޓް ރިއަލިޓީ ޝޯ ގެ އެވޯޑު ގެންދިޔައީ ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް އެވެ.

comment ކޮމެންޓް