އިންޑިއާ އިން ހައްޔަރުކުރި ދިވެހިން ހެކިހޯދުމަށް ތަންތަނަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާއިން ހައްޔަރުކުރި ދިވެހިން ހެކިހޯދުމަށް ހޮޓަލަކަށް ގެންދަނީ-- ފޮޓޯ: ދަ ހިންދޫ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިންޑިއާ އިން މީގެ ދެ ހަފުތާ ކުރިން ހައްޔަރުކުރި ތިން ދިވެހިން ހެކި ހޯދުމަށް އެކިތަންތަންތަނަށް ގެންގޮސްފި އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނީ ހައްޔަރުކުރި ތިން ދިވެހިން، އެ މީހުންގެ ހާޒިރުގައި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްގެ ތަމްބަނޫރު ސަރަަހައްދުގައި ހުންނަ ދެ ހޮޓަލަކަށާއި އަދި ސެކްރެޓޭރިއެޓް ސަރަަހައްދު ކައިރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ އެކު އިންޑިއާ އިން ހައްޔަރު ކުރި ތިން ދިވެހިން. މަހީރު (މ)، އައިމަން (ކ) އަދިފައުޒާން (ކ) --- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

އެ ތިން ދިވެހިން ހައްޔަކުރުކުމުގެ ކުރިން އެ ސަރަހައްދުގައި ހަރަކާތްތެރިވިކަމަށް ވެސް ދަ ހިންދޫ ނޫހުން ބުންޏެވެ. އަދި ބުނީ އެ ތިން ދިވެހިންނަށް މަސްތުވާތަކެތި ފޯރުކޮށްދެމުން ދިޔަ ފަރާތްތަައް ވެސް ހޯދުމުގެ މަސައްކަތް އިންޑިއާގެ ފުލުހުން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން 17 ކިލޯގެ ހަޝިޝް އޮއިލް އާ އެކު ޓްރެވިންޑްރަމްއިން ހައްޔަރުކޮށްފައިވަނީ ޝާނީޒް މަހީރު 27، އައިމަން އަހުމަދު، 24 އަދި އިބްރާހިމް ފައުޒާން ސާލިހ،ް 29 ކަމަށެވެ.

ކެރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝަލް އެކްޝަން ފޯސް ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މި މަސްތުވާތަކެތީގެ އަގު ހަތް މިލިއަން ޑޮލަރަށްއަރާނެ ކަމަށް އިންޑިއާނެ ނޫސްތަކުން ބުނެއެވެ.

comment ކޮމެންޓް