އިންސްޓަގްރާމް ސްޓޯރީގެ ސްކްރީން ޝޮޓް ނެގިޔަސް މިހާރު ނޭނގޭނެ!

އިންސްޓަގްރާމު ސްޓޯރީއަށް ޕޯސްޓް ކުރާ އެއްޗެއް އެހެން މީހަކު ސްކްރީން ޝޮޓް ނެގުމުން އެކަން ނޮޓިފިކޭޝަން އަކުން އެންގި ނަމަވެސް، މީގެ ފަހުން އެ ނޯޓިފިކޭޝަން އެއް ދެން ނުލިބޭނެއެވެ.

މި ފީޗާއަކީ ޓެސްޓް ފީޗާއެއްގެ ގޮތުގައި ބައެއް ޔޫޒަރުންނަށް ދިން ފީޗާއެކެވެ. ސްކްރީންޝޮޓްް ނެގިޔަސް ނޮޓިފައި ނުކުރަން ނިންމީ ކީއްވެކަމެއް އިންސްޓަގްރާމަކުން ނުބުނެއެވެ.

ނަމަވެސް ބެލެވޭ ގޮތުގައި ޔޫޒަރުންގެ އެންގޭޖްމެންޓް އިތުރުކުރުމަށް، މި ނިންމުން ނިންމީއެވެ. އާންމުކޮށް ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުންނަކީ އެކަކު އަނެކަކު ޕޯސްޓު ކުރާ އެއްޗެހި ސްކްރީން ޝޮޓް ނަގައި "ފަހަށް ރައްކާކުރާ" މީހުންނެވެ.

އިންސްޓަގްރާމް ސްޓޯރީއަށް ޕޯސްޓްކުރާ ފޮޓޯއެއް ނޫނީ ވީޑިއޯއެއް އިންނާނީ 24 ގަޑިއިރަށެވެ. އިންސްޓަގްރާމުން ވަނީ ސްޓޯރީއަށް ޕޯސްޓުކުރާ ވީޑިއޯ ތަކުގެ ދިގުމިން އެއް މިނެޓަށް ދިގުކުރަންވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް