އީދު ބަންދަށްފަހު "ހިޔާ"ގެ ފޯމުތައް އަނެއްކާވެސް ބަލައިގަންނަން ފަށައިފި

މެއި 6، 2018: ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓަށް އެދޭ ފޯމު ބަލައިގަތުން އީދު ބަންދަށް މެދުކަނޑާލުމަށްފަހު އެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްންޓްޓެ އަހުމަދު ފަޒާލް ވިދާޅުވީ ފޯމު ބަލައިގަތުން މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެދުނު 10:30 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ދަރުުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށް ދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ފަހުން ފޯމު ދޫކުރާ ގަޑިތަށް ފަހުން އިއުލާނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހިޔާ" މަޝްރޫއަށް ފޯމު ބަލައިގަތުމަށް 20 ކައުންޓަރެއް ބަހައްޓާފައިވާ އިރު ކިޔުގައި ޖެހުމާއި ތޮއްޖެހުން ފަދަ ކަމެއް އަދި ދިމާ ނުވާކަމަށް ފަޒާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފޯމު ބަލައިގަތުމުގެ ކަންތައް ކުރިއަށްދަނީ ވަރަށް އޮމާންކޮށް ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފޯމު ބަލައިގަތުމަށް ނަންބަރު ނަގަންޖެހެނީ ކިޔުބީ މެދުވެރިކޮށެވެ.

ކިއުބީއަކީ ސްމާޓްފޯނު ބޭނުންކޮށްގެން ކިއު ނަންބަރު ދޫކޮށް، މޮނިޓަރކުރާ އެޕްލިކޭޝަނެކެވެ. މިއީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުގައި ވެސް ބޭނުން ކުރެވޭ އެޕްލިކޭޝަނެކެވެ.

comment ކޮމެންޓް