މަގުމައްޗަށް ކުނި އެޅި މީހަކަށް އަނުޝްކާގެ ފަރާތުން ފިލާވަޅެއް!

މޮޅު ކާރެއްގައި އިނދެ މަގުމައްޗަށް ޕްލާސްޓިކް ކުނި އެޅި މީހަކަށް ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރްމާ ފިލާވަޅެއް ނަގައިދީފި އެވެ.

އަނުޝްކާގެ ފިރިމީހާ ވިރާޓް ކޯލީ އާންމު ކުރި ވީޑިއޯ އެއްގައި ފެންނަނީ އަނުޝްކާ ކާރުގައި އިނދެ، ޖެހިގެން އޮތް ކާރުގައި އިން މީހަކަށް އެއްޗެހި ކިޔާތަނެވެ.

އެމީހާ ކާރުގައި އިނދެ މަގުމައްޗަށް ކުނި އެޅުމުން، އަނުޝްކާ ވަނީ މަގުމައްޗަށް ކުނި އެޅީ ކީއްވެތޯ އެމީހާ އާ ސުވާލުކޮށްފަ އެވެ. ތަކުރާރުކޮށް އަނުޝްކާ އެ ސުވާލު ކުރުމުން އޭނާ ހަދާނެގޮތް ހުސްވެފައި އިންނަ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

"ދެވަނަ ފަހަރަކުން ވެސް ސަމާލުވާތީ. ތިހެން މަގުމައްޗަށް ކުންޏެއް ނޭޅޭނެ. ޑަސްޓްބިންގެ ބޭނުން ހިފާ،" އަނުޝްކާ ބުނެ އެވެ.

ވީޑިއޯ އާ އެކު ވިރާޓް ބުނެފައި ވަނީ ފެންވަރު ރަނގަޅު މޮޅު ކާރުގައި ދަތުރު ކުރިޔަސް، ބައެއް މީހުނަށް އެއްވެސް އެއްޗެއް ނުވިސްނޭ ކަމަށެވެ. އަދި އެފަދަ ކަމެއް އެއްވެސް މީހަކަށް ފެނިއްޖެ ނަމަ، މީހުން ހޭލުންތެރި ކުރުވުމަށް ވިރާޓް ވަނީ އެދިފަ އެވެ.

comment ކޮމެންޓް