އޯޕްރާއާ ގުޅިގެން އެޕަލްއިން އޮރިޖިނަލް ވީޑިއޯތަކެއް އުފައްދަނީ

އޯޕްރާ ވިންފްރީ---

އޯޕްރާ ވިންފްރީއާ ގުޅިގެން އެޕަލް އިން އޮރިޖިނަލް ވީޑިއޯ ތަކެއް އުފައްދަން ނިންމައިފިއެވެ.

އެޕަލްއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ އޯޕްރާއަކީ އޯޑިއަންސް ގަޔާވާ ފަދަ ހުށަހެޅުންތަކެއް ގެނެސްދޭ ފަންނާނެއް ކަމަށާއި އެޕަލްއާ ގުޅިގެންވެސް އޭނާ މ،ފަދަ އުފެއްދުންތަކެއް ގެނެސްދޭނެ ކަމަށެވެ.

މި ވީީޑިއޯތަކަކީ އެޕަލްގެ އޮރިޖިނަލް ކޮންޓެންޓް އުފެއްދުމުގެ މަސައްކަތުގެ ބައެކެވެ.

އެޕަލްއިން އޯޕްރާ އާ އެކު މަސައްކަތްކުރަން ނިންމާފައި މިވަނީ ވީޑިއޯ ސްޓްރީމިންގެ ދާއިރާގައި އެޕަލްއާ އެމެޒޯން އަދި ނެޓްފްލިކްސްއިން ވީޑިއޯ ސްޓްރީމިންގެ ދާއިރާގައި ބޮޑު ވާދަވެރިކަމެއް އުފްއްދާފައި ވަނިކޮށެވެ.

ނެޓްފްލިކްސްއިން ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުންނާއެކު އެ ވެބްސައިޓުގެ އޮރިޖިނަލް ސީރީޒްތަކެއް އުފައްދަން އެއްބަސްވެފައެވެ.

comment ކޮމެންޓް