2009 ވަނަ އަހަރުގެ އައިފޯނު އަލުން ވިއްކަނީ

އެޕަލްގެ އައިފޯނު 3ޖީ އެސް އަލުން ވިއްކަން ނިންމައިފިއެވެ.

ދެހާސް ނުވަވަނަ އަހަރު އެ ކުންފުނިން ވިއްކި މި ފޯނު ދެކުނު ކޮރެއާގައި ވިއްކަން ނިންމާފައިވާއިރު އަލުން މި ފޯނުތައް ވިއްކަން ނިންމާފައިވަނީ، މީގެ ފޯނުތަކެއް ގުދަނަކުން ފެނިގެންނެވެ.

އޮރިޖިނަލް ޕެކޭޖިންގައި ވާ މި ފޯނުތައް ވިއްކާނީ 41 ޑޮލަރަށެވެ. އެންމެ ފުރަތަމަ އައިފޯނު 3ޖީއެސް ބާޒާރަށް ނެރެ ވިއްކީ 99 ޑޮލަރަށެވެ.

މި ފޯނުތައް ވިއްކަން ފެށުމުގެ ކުރިން ކޮންމެ ފޯނެއްވެސް ރަނގަޅަށް މަސައްކަތް ކުރޭތޯ ވަކިވަކިން ޗެކް ކުރާނެއެވެ. އައިފޯނު 3ޖީއެސް އަކީ "އޭރުގެ" އެންމެ ވަރުގަދަ އެއް ފޯނެވެ. އޭގައި ކަޓް، ކޮޕީ ޕޭސްޓް ފީޗާ ހިމެނީ މުޅިން އަލަށެވެ.

އައިފޯނު 3ޖީ އެސްއަށް ބޭނުންވާނީ ބޮޑު ސިމްއެކެވެ. ފޯނު ހަލާކުވެގެން އަލުން މަރާމާތު ކުރަން ޖެހިއްޖެނަމަ މިހާރު އެކަން ކުރުން ވާނީ ވޭނަކަށެވެ. މި ފޯނަކީ 23 މެގަޕިކްސެލްގެ އޮޓޯ ފޯކަސް ކެމެރާއެއް ހިމަނާފައިވާ ޕްލާސްޓިކް ހައުސިން ބޭނުންކޮށްފައިވާ އެޕަލްގެ އެންމެ ފަހު ފޯނެވެ. އޭގެ ފަހުން އެޕަލްއިން އެމީހުންގެ ފޯނުތަކުގައި ބޭނުންކުރަން ފަށާފައިވަނީ މެޓަލް އަދި ގްލާސްއެވެ. 3ޖީއެސްގެ 32 ޖީބީ އޭރު ވިއްކީ 299 ޑޮލަރަށެވެ.

މިހާރު އެޕަލްއިން ވިއްކާ އެންމެ އަގުހެޔޮ ފޯނަކީ 349 ޑޮލަރަށް ވިއްކާ 32 ޖީބީގެ އައިފޯނު އެސްއީއެވެ.

comment ކޮމެންޓް