އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން މަލަހިނި އަށް، އިނާމަކަށް 325،000 ރުފިޔާގެ ތަކެތި

އުރީދޫ މަސްރޭހުގެ ގްރޭންޑް ފިނާލޭގެ ތެރެއިން --- ފޮޓޯ: އުރީދޫ

އުރީދޫ ދޫ މަސްރޭހުގެ ޗެމްޕިއަންކަން މަލަހިނި އިން ހޯދައި، އިނާމަކަށް 325،000 ރުފިޔާގެ ތަކެތި ލިބިއްޖެ އެވެ.

މަސްރޭހުގެ ފައިނަލްގައި މަލަހިނީ ވާދަކޮށްފައި ވަނީ ޓީމް މިލައިދޫ، ޓީމް ތާޖް އެގްޒޯޓިކާ، ޓީމް އެޗްޑީސީ، ޓީމް ސްޓެލްކޯ އަދި ޓީމް އެންޒީ އާ އެވެ.

މަސްރޭހުގެ ޗެމްޕިއަން މަލަހިނި އަށް ވަނީ 175،000 ރުފިޔާގެ މަހަށްދާ ލޯންޗަކާއި 150،000 ރުފިޔާގެ އެވިންރޫޑް ބްރޭންޑުގެ 60 ހޯސް ޕަވާރުގެ އިންޖީނެެއް ލިބިފަ އެވެ.

އުރީދޫ އިން ބުނީ މި އަހަރުގެ މަސްރޭހަކީ ފޯރިގަދަ މުބާރާތެއް ކަމަށާއި އަންނަ އަހަރުގެ މަސް ރޭހުގައި އިތުރު ޓީމުތައް ފެނިގެން ދިއުމަކީ އުއްމީދު ކަމަށެވެ.

އުރީދޫ މަސްރޭހުގެ އެންމެ "ތަފާތު މާކެޔޮޅު"ގެ އިނާމު ލިބިފައި ވަނީ، ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނައެއް ބޭނި، ޓީމް މިލައިދޫގެ އަބްދުލް ހާދީ މުހައްމަދު އަށެވެ. އަދި، އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައި ވަނީ، 10.5 ކިލޯގެ ހަންޖެއް ބޭނި، ޓީމް މަލަހިނީގެ ނަޝާމާ މުހައްމަދު އެވެ. މި ދެ މީހުންނަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

އަންނަ އަހަރުގެ މަސްރޭހުގައި ގިނަ ޓީމްތަކެއް ބަައިވެރިވުމަށް އެކުންފުނިން ވަނީ ދައުވަތު ދީފަ އެވެ.

comment ކޮމެންޓް