ލަވްރާތުރީގެ ޓީޒާ ޓްރެއިލާ އާންމުކޮށްފި

ލަވްރާތްރީގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމު "ލަވްރާތުރީ"ގެ ޓިޒާ ޓްރެއިލާ އާންމުކޮށްފި އެވެ.

ފިލްމުގެ ޓިޒާގައި އާޔުޝްގެ އެކްޓިން ވަރަށް ފުރިހަމަ އެވެ. ޓީޒާ ބެލުމަށް ފަހު ގިނަ ބަޔަކު އާޔުޝް އަށް ތަރުހީބުގެ އަތްތިލަ ބަޑި ޖަހަމުންދާ އިރު އަނެއް ބަޔަކު ބުނަމުންދިޔައީ އާޔުޝް އިތުރަށް ރަނގަޅުކޮށްލަން ޖެހޭ ކަންތައްތައް ހުރި ކަމަށެވެ.

ފިލްމުގައި އާޔުޝްއާ އެކު ހަރަކާތްތެރިވާނެ ބަތަލަކީ ވަރީނާ ހުސައިނެވެ.

އޭނާ އަކީ ވެސް ބޮލީވުޑަށް އަލަށް ތައާރަފްވާ ކުއްޖެކެވެ. އިރާގުގެ ބައްޕައަކާއި އަފްޣާން މަންމައަކަށް ލިބުނު ހަމަ އެކަނި ދަރި ވަރީނާއަކީ މޮޑެލްކުރަން ދަންނަ، ކުޅަދާނަ އަންހެން ކުއްޖެކެވެ. އޭނާއަކީ ނިއުޔޯކް ފިލްމް އެކަޑަމީގެ ގްރެޖުއޭޓެއްވެސް މެއެވެ.

ވަރީނާ އާއި އާޔުޝްގެ ގުޅުން ޓިޒާ ޓްރެއިލާ އިން ހާމަވެގެންދެއެވެ. އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ބޮލީވުޑަށް އާ މޫނުތަކެއް ފެނިގެންދާނެ ފިލްމެކެވެ. އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ އެެ ފިލްމަކީ ލޯބީގެ ފިލްމެކެވެ.

comment ކޮމެންޓް