ބިދޭސީއަަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ފުލުހުން މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ: ހުސެން ހަސަން

މާލޭގައި ބިދޭސީއަކަށް ރޭ ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު މުހައްމަދު މުފީދު "ސަން" އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދީގެން ރޭ 10:00 ހާއިރު މީހަކު ގެނައި ކަމަށެވެ.

އެ ހަމަލާގައި ޒަހަމް ވެފައި ވަނީ އިންޑިއާގެ ފިރިހެނެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެ ހާދިސާގައި ބިދޭސީ މީހާގެ އަތަށާއި ބުރަކަށި ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭނާއަށް އިތުރު ފަރުވާ ދެމުންދާ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

comment ކޮމެންޓް