ވީރޭ ދި ވެޑިންގެ ސީކުއެލް އެއް ހަދަނީ

ކަރީނާ ކަޕޫރު ޚާން އަދި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ވީރޭ ދީ ވެޑިން" އަށް ލިބެމުންދާ ކާމިޔާބީއާ ގުޅިގެން އެ ފިލްލުގެ ސީކުއެލްއެއް ހަދަން ނިންމައިފިއެވެ.

ޚަބަރުތައް ބުނާގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި ރިއާ ކަޕޫރު ވަނީ ފިލްމުގެ ދެވަނަ ބައެއް ހެދުމަށް ނިންމައިފައެވެ.

ބޭރުގެ ގިނަ ރިޕޯޓްތައް އެގޮތަށް ބުނަމުންދިޔަ ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މަޝްހޫރު ޓްރޭޑް އެނަލިސްޓް ތަރަން އާދަޝްކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ފިލްމަށް މިހާރު ވަނީ 1.12 ބިލިޔަން ރުޕީސް ލިބިފައެވެ. އިންޑިއާއިން އެކަނި ވެސް ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 800މިލިޔަން ރުޕީސް އާ ގާތްކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ކަރީނާ، ސޯނަމް، ސްވަރާ ބާސްކަރް އަދި ޝިކާ ތަލްސާނިއާ ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ރިއާ ކަޕޫރު، އެކްތާ ކަޕޫރު އަދި ނިކިލް ދުވިވޭދީ އެވެ.

ޝެޝާންކް ގޯޝް ޑައިރެކްޓު ކޮށްފައިވާ "ވީރޭ ދީ ވެޑިން" އަކީ ހަތަރު އެކުވެރިންގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް