ޓޫރިޒަމް ނޫން ދާއިރާތަކުގެ ޖީއެސްޓީ އޮންލައިންކޮށް ދައްކަން ލާޒިމުކޮށްފި

މީރާ -- ސަން ފޮޓޯ/ އަލީ ނަސީރު

ޓޫރިޒަމް ދާއިރާ ނޫން ހުރިހާ ދާއިރާތަކުގެ ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަން ލާޒިމުކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން މިއަދު ނެރުނު ޓެކްސް ރޫލިންގްއެއްގައި ބުނެފައި ވަނީ، މި ޖޫން މަހުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ބަޔާން ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށް ކަމަށެވެ.

އެހެން ނަމަވެސް ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އޮންލައިންކޮށް ނޫން ގޮތަކަށް ޓެކްސް ބަޔާން ބަލައިގަތުމުގެ އިހުތިޔާރު ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާ ކަމަށް އެ ރޫލިންގްގައިވެ އެވެ.

ޖީއެސްޓީ ދައްކަންޖެހެނީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އަހަރެއްގެ މައްޗަށް ފަސް މިލިޔަން ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރު އާމްދަނީ ލިބޭ ފަރާތްތަކެވެ.

comment ކޮމެންޓް