ވެހިކަލް ފީގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީ 13 ޕަސެންޓް އިތުރުވެއްޖެ

މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

ވެހިކަލް ފީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 13 ޕަސެންޓް އިތުރުވެއްޖެ އެވެ.

މީރާ އިން މިމަހު އާންމު ކުރި ތަފާސް ހިސާބުގައި ބުނީ މި އަހަރުގެ މޭ މަހުގެ ނިޔަލަށް ވެހިކަލް ފީގެ ގޮތުގައި އެ އޮތޯރިޓީ އަށް 40.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ހަމަ އެ މުއްދަތުގައި މިދިޔަ އަހަރު މީރާ އަށް ލިބިފައި ވަނީ 35.9 މިލިއަން ރުފިޔާ އެވެ. މިއީ 13.5 ޕަސެންޓް އިތުުރުވުމެކެވެ.

މިދިޔަ މަހު އެކަނިވެސް މީރާއަށް ވެހިކަލް ފީގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު މޭމަހު މީރާއަށް ވެހިކަލް ފީގެ ގޮތުގައި ލިބިފައި ވަނީ 6.6 މިލިއަން ރުފިޔާ އެވެ.

ވެހިކަލްފީގެ އިތުރުން ކަނޑުގެ އުޅަނދުތަކުން މީރާ އަށް ލިބުނު ފީވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ކަނޑުގެ އުޅަނދުތަކުގެ ފީގެ ގޮތުގައި 13.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ހަމަ އެ މުއްދަތުގެ ތެރޭގައި މިދިޔަ އަހަރު މީރާއަށް ލިބިފައިވަނީ 12.3 މިިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ މަހު ކަނޑުގެ އުޅަނދުތަކުން މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރު މޭމަހާ އަޅާ ބަލާއިރު ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ މަހު މީރާއަށް 1.8 މިލިއަން ރުފިޔާ ވެހިކަލް ފީގެ ގޮތުގައި ލިބުނު އިރު މިދިޔަ އަހަރު މޭ މަހު ދެ މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް