ދޯންޏެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް --- ފޮޓޯ/ އައްޑޫލައިވް

މުދާ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް ދިޔަ ވަމުންދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯނި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުނީ 19:45 ހާއިރު ކަމަށާއި އެ ދޯނި އޮތީ ކ. ގާފަރުގެ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކާށިދޫ ކަނޑުގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގިއިރު "ވީނަސް" ނަމަކަށް ކިޔާ އެ ދޯނީގައި ހަތަރު މީހަކު ތިބި ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާއިރު ކާށިދޫގައި އޮތް ސީ އެމްބިއުލާންސްވެސް ވަނީ މިހާރު އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ކޯސްޓް ގާޑްގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް ވެސް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެެވެ.

comment ކޮމެންޓް