މިފަހަރުވެސް އީދު ނަމާދުކުރުން ބޮޑު ޖަމާއަތުގައި

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު އީދު ނަމާދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިތުރު އީދު ނަމާދު މިއަހަރުވެސް ބޮޑުޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ކުރިއަށްދާނީ މާލޭގައި ސްޓޭޑިއަމް ސަރަހައްދާއި އިސްލާމީ މަރުކަޒު ސަރަހައްދުގައި ކަމަށެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ ސެންޓްރަލް ޕާކުގައި ކަމަށާއި ވިލިމާލޭގައި އީދު ނަމާދު ކުރުން ބޯޅަ ދަނޑުގައި އޮންނާނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރިއަށްދަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށް އިސްލާމިކް އެފެއާޒުން ބުނެއެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް މޫސުން ތަންދޭނަމަ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދެއެވެ. މިއީ އެއްބައިވަންތަކަން އާލާކޮށްދޭ، އިޖުތިމާއީ ގުޅުން ވަރުގަދަ ކޮށްދޭ ކަމެއްވެސް މެއެވެ.

comment ކޮމެންޓް