ކަނބަލުންގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ވިމެން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮފި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ މި ދާއިރާތަކުން ރާއްޖޭގައި އެވޯޑުދޭ ފުރަތަމަ ފަހަރެވެ. މިއީ ކެރިއަރުގައި ކުރިއަރައި ގޮސް ކާމިޔާބު ހޯދާފައިވާ ކަނބަލުންގެ އަގު ވަޒަންކުރުމަށް ދެވޭނެ އެވޯޑެކެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 10 އިން 25 އަށް ވަނީ ހުޅުވާލައިފަ އެވެ. އެވޯޑު ހަފްލާ އޮންނާނީ 14 ޖުލައިގަ އެވެ.

ވިމެން އިން މެނޭޖުމެންޓް، ރާއްޖޭގެ ގޮފީގެ ރައީސާ މިންހާ ފާއިޒު ވިދާޅުވީ މިއީ ވިމެން އިން މެނޭޖުމެންޓުން ރާއްޖެއަށް ޚާޢްސަކޮށް އެވޯޑުދޭ ފުރަތަމަ ފަހަރު ކަމަށެވެ. ރާއްޖެ އިން އެވޯޑު ލިބޭ ފަރާތްތައް ލަންކާގައި އަންނަ އޮގަސްޓު މަހު ބާއްވާ "ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން" އެވޯޑަށް ނޮމިނޭޓުވާނެ ކަމަށާއި ރާއްޖޭގައި އެވޯޑަށް ހުޅުވާލާނީ މީގެ ކުރިން ކަނބަލުންގެ އަގު ވަޒަންކޮށް އެވޯޑު ދީފައިނުވާ ދާއިރާތަކަކުން ކަމަށް މިންހާ ވިދާޅުވިއެވެ.

މި އެވޯޑު ވަނީ ތިން ދާއިރާއަކަށް ބަހާލެވިފައެވެ. އެއީ ކެރިއާ އެވޯޑްސް، ބިޒްނަސް އެވޯޑްސް އަދި ޕްރޮފެޝަނަލް އެވޯޑްސްއެވެ.

ކެރިއާ އެވޯޑްސް

  • ހިއުމަން ރިސޯސް ވުމަން އޮފް ދަ އިޔާ
  • ބޭންކިންގް އެންޑް ފައިނޭންސް ވުމަން އޮފް ދަ އިޔާ
  • ޓްރެވަލް އެންޑް ޓޫރިޒަމް ވުމަން އޮފް ދަ އިޔާ
  • ހެލްތު ޕްރޮފެޝަނަލް ވުމަން އޮފް ދަ އިޔާ (ޑޮކްޓަރުން އަދި ނަރުހުން)
  • ފީމޭލް ޓީޗާ އޮފް ދަ އިޔާ

ބިޒްނަސް އެވޯޑްސް

  • އައުޓްސްޓޭންޑިންގް ވުމަން އޮންޓްރޮޕްރެނާ (ބޮޑެތި ވިޔަފާރިތައް)
  • އައުޓްސްޓޭންޑިންގް ވުމަން އޮންޓްރޮޕްރެނާ (މެދު ފަންތީގެ ވިޔަފާރިތައް)
  • އައުޓްސްޓޭންޑިންގް ވުމަން އޮންޓްރޮޕްރެނާ (ކުދި ވިޔަފާރިތައް)
  • ބެސްޓް އޯގަނައިޒޭޝަން ފޮރ ޕްރޮމޯޓިންގް ވިމެން އިން ވޯކްޕްލޭސް

ޕްރޮފެޝަނަލް އެވޯޑްސް

  • ވުމަން އޮފް ދަ އިޔާ
  • ކެރިއާ ރޯލް މޮޑެލް އޮފް ދަ އިޔާ
  • ބިޒްނަސް ރޯލް މޮޑެލް އޮފް ދަ އިޔާ
  • ޔަންގް ޔޫތު ލީޑަޝިޕް އެވޯޑު
  • ވިމް މޯލްޑިވްސް މެމްބަރ އޮފް ދަ އިޔާ
comment ކޮމެންޓް