Sun Online

އިންސްޓަގްރާމުން ވިޔަފާރި ކުރެވޭ ފީޗާ ފުޅާކޮށްފި

އައިޝަތު ފަރީޙާ
ލިޔުނީއައިޝަތު ފަރީޙާ

އިންސްޓަގްރާމު މެދުވެރިކޮށް ވިޔަފާރި ކުރެވޭ ފީޗާ އިތުރަށް ފުޅާކޮށްފި އެވެ.

އިންސްޓަ ފީޑް މެދުވެރިކޮށް މީގެ ކުރިން އެކި ޕޭޖުތަކުގައި ހުންނަ "މުދާ" ގަނެވެ އެވެ. މި ފީޗާ ފުޅާކޮށް ސްޓޯރީ މެދުވެރިކޮށް ވެސް މިހާރު ވިޔަފާރި ކުރެވޭނެ އެވެ. ސްޓޯރީގައި ބޭގް ސްޓިކާ އެއް އިންނާނެ ކަމަށާއި އެ ސްޓިކާ އަށް ފިތާލުމުން އެ އުފެއްދުމަކާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް އިންސްޓަގްރާމުން ބުނެ އެވެ.

އިންސްޓަގްރާމުން ބުނީ ކޮންމެ ދުވަހަކު 300 މިލިއަން މީހުން އިންސްޓަގްރާމުގެ ސްޓޯރީ ފީޗާ ބޭނުންކުރާ ކަމަށެވެ. އަދި ގިނަ މީހުން މި ފީޗާ ބޭނުންކުރަނީ އެކި އުފެއްދުންތަކުުގެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމަށް ވެސް އިންސްޓަގްރާމުން ބުނެ އެވެ.

މޭކަޕް ސާމާނާއި ހޭންޑް ބޭގް، ފަހުގެ ފެޝަންތަކުގެ ހެދުން، ބޯޓު ފަދަ އެއްޗެހީގެ "އިޝްތިހާރު" އިންސްޓަގްރާމު ސްޓޯރީގައި ހިމަނާފައި ހުރެ އެވެ.

ސްޓޯރީ މެދުވެރިކޮށް ވިޔަފާރި ކުރެވޭ ފީޗާ އެންމެ ފުރަތަމަ ދޭނީ މަޝްހޫރު ބްރޭންޑްތަކަށެވެ. އޭގެ ފަހުން އިންސްޓަގްރާމުން ވިޔަފާރި ކުރާ އެހެން މީހުންނަށް ވެސް މި އޮޕްޝަން ދޭނެ އެވެ.

infinity loading...
×
DB released 01.