Sun Online

ސްނެޕުންވެސް މިހާރު މެސެޖު ޑިލީޓް ކުރެވޭނެ

އައިޝަތު ފަރީޙާ
ލިޔުނީއައިޝަތު ފަރީޙާ

ސްނެޕްޗެޓު ބޭނުން ކުރާ މީހުންނަށް މީގެ ކުރިން އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އޮޅިގެން ކުރެވޭ މެސެޖެއް ޑިލީޓް ކޮށްލާނެ ގޮތެއް ނެތުމެވެ. މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް މެސެޖް ޑިލީޓް ކުރެވޭ އޮޕްޝަން އައިތާ އެތައް ޒަމާނެއް ފަހުން ސްނެޕްޗެޓަށްވެސް މިވަނީ މި އޮޕްޝަން ގެނެސްފައެވެ.

މެސެޖު ފޮނުވުމަށްފަހު އަނެއް މީހާާ އެ މެސެޖު ބަލާތާ ގިނަ އިރުތަކެއް ނުވަނީސް ސްނެޕްޗެޓުން މެސެޖު ޑިލީޓްވާނަމަވެސް، އަމިއްލައަށް ބޭނުންވާ މެސެޖް ޑިލީޓްކުރެވުމަކީ ލިބުނު ހިތްހަމަ ޖެހުމެކެވެ. ސްނެޕުން މެސެޖް ޑިލީޓް ކުރުމަށް ޑިލީޓް ކުރަން ބޭނުންވާ މެސެޖް، ފޮޓޯ، ސްޓިކާއަށް ޕްރެސް ކޮށްލުމުން ޑިލީޓް އޮޕްޝަން ލިބޭނެއެވެ.

ނަމަވެސް މެސެޖެއް ޑިލީޓްކޮށްލި ކަމުގެ ނޮޓިފިކޭޝަން އަނެއް މީހާއަށް ލިބޭނެއެވެ.

މި ފީޗާ މިހާރު ސްނެޕް ބޭނުންކުރާ ގިނަ މީހުންނަށް ލިބިއްޖެއެވެ. ކުރިއަށް އޮތްތަނުގައި ސްނެޕް ބޭނުންކުރާ ހުރިހާ މީހުންނަށްވެސް ޑިލީޓް އޮޕްޝަން ލިބޭނެއެވެ.

infinity loading...
×
DB released 01.