ރެސިޕީ: އަލަނާސި ބަތް

ބޭނުންވާނެ ތަކެތި

 • 4 ޖޯބާސްމަތީ ރައިސް (ކައްކާފަ)
 • 2 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)
 • 2 ޖޯޑު ބޯންލެސް ޗިކެން (ކުދިކޮށް ކޮށާފައި)
 • 2 ލޮނުމެދު (ޗިސްކޮށްފައި)
 • 1 ފިޔާ (ކުދިކޮށް ކޮށާފައި)
 • 2 ކެރެޓު (ހިމަކޮށް ކޮށާފައި)
 • 1 މޭޒުމަތީ ސަމުސާ ތެޔޮ
 • 1/4 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް
 • 1/4 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
 • 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
 • 1/2 ޖޯޑު ކެބެޖް (ތުނިކޮށް ކޮށާފައި)
 • 1/2 މޭޒުމަތީ ސަމުސާ އަޖިނަމޮޓޯ
 • 4 ހިކަނދިފަތް
 • ހިކި މޭބިސްކަދުރު ކޮޅެއް
 • ކެޝޫނަޓް ކޮޅެއް
 • ރީނދޫ ކޮޅެއް
 • އޮލިވް އޮއިލް ފޮދެއް

ތައްޔާރުކުރާނެ ގޮތް

ތަވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅުކޮޅު ރަނގަޅަށް ރޯފިލުވާލާށެވެ. ސޯޔާާ ސޯސް، އޮލިވް އޮއިލް، އިނގުރު އަދި އަސޭމިރުސް އެއްކުރުމަށް ފަހު ބަހައްޓާށެވެ. އެއަށްފަހު ތަވާއަށް ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮ ފޮދު ހޫނު ވީމާ ފިޔާ، މިރުސް، ކެބެޖް، ކެރެޓް އެއްކޮށް އަޅާލާފައި މަޑު ގިނީގައި ދޭފަތުން ހަލަމުން ދާށެވެ.

އެބައި ކުޑަކޮށް ހަނާވީމާ ބަތް ފިޔަވައި ބާކީ ތަކެތި އަޅާލާފައި ކުޑަކޮށް މޯޅިކޮށްލާށެވެ. އެއަށްފަހު ބަތާއި، ކުރިން ރޯފިލުވި ކުކުޅާއި އަލަނާސި އެޅުމަށްފަހު ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ތައްޔާރު ކުރި ސޯޔާ ސޯސް ޕޭސްޓު އަޅައިގެން ކުޑައިރުކޮޅަކު ކައްކާލާށެވެ.

comment ކޮމެންޓް