ސުއޫދު ލިޔުއްވި ގާނޫނީ ބަސްތަކުގެ ރަދީފު ނެރެފި

ގާނޫނީ ބަސްތަކުގެ ރަދީފު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

މަޝްހޫރު ގަނޫނީ ވަކީލް ހުސްނުއް ސޫއޫދު ލިޔުއްވި ގާނޫނީ ބަސްތަކުގެ ރަދީފް ނެރެފިއެވެ.

މިއަދު މެންދުރު މޯލްޑިވްސް ލޯ އިންސްޓްޓިއުޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވީ ބ. އޭދަފުށީގެ ކުރީގެ ކަތީބު އަލީ ޔަހުޔާއެވެ.

ގާނޫނޫ ބަސްތަކުގެ ރަދީފްގެ އިތުރުން އެ ބަސްތައް ބަލާލެވޭނެ އެންޑްރޮއިޑް އެޕެއް ވެސް މިއަދު ވަނީ ނެރެފައެވެ. ސުއޫދު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި އޭގެ އައިއޯއެސް އެޕެއް ވެސް ނެރޭނެ ކަމަށެވެ.

ގާނޫނީ ބަސްތަކުގެ ރަދީފު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސުއޫދު "ސަން" އަށް ވިދާޅުވީ އެ ފޮތް ނެރެން ގަސްދުކުރީ ގާނޫނީ ގިނަ ބަސްތަކެއްގެ މާނަ ދިވެހި ގިނަ ބަޔަކަށް ނޭނގޭތީއާއެކު، އެ ބަސްތަކުގެ މާނަ ދިވެހީންނަށް އުނގަންނައިދިނުމުގެ ގޮތުންް ކަަމަށެވެ.

"ދިވެހި ރަދީފް ބަލާލެއްވިޔަސް ނުފެންނާނެ ގާނޫނީ ގިނަ ބަސްތަކުގެ މާނައެއް،" ސުއޫދު ވިދާޅުވިއެވެ.

ގާނޫނީ ބަސްތަކުގެ ރަދީފު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިއަދު ނެރުނު ފޮތުގައި ގާނޫނީ ގޮތުން ބޭނުން ކުރެވޭ 1500 ބަސް ހިމެނޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އާ ބަސްތައް އިތުރުކޮށް އެ ފޮތުގެ އާ އެޑިޝަންތަކެއް ނެރޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އެ ފޮތުގެ އަގަކީ 200 ރުފިޔާއެވެ. ސޫދު ވިދާޅުވީ އެ ފޮތް ރާއްޖޭގެ ލޯ އިންސްޓްޓިއުޓުން ލިބެން ހުންނާނެ ކަމަށެވެ.

comment ކޮމެންޓް